މި ޖުލައި މަހުގެ 26 އަދި 27 ގައި ސްޓެލްކޯގެ ސާރވިސް ސެންޓަރ ބަންދުވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
ސްޓެލްކޯއިން ވިދާޅުވީ ސާރވިސް ސެންޓަރ ބަންދުކުރަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ޖުލައި 26 ،27 އަކީ ސަރުކާރު ބަންދު ދެދުވަސް ކަމުގައި ވާތީ ކަމަށެވެ.

އެހެންނަމަވެސް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރ 1545ގެ ހިދުމަތް މެދު ނުކެނޑި 24 ގަޑިއިރު ލިބެން ހުނާނެ ކަމަށާއި، ކުރިއެކޭ އެއްގޮތަށް 25 ޖުލައިވާ ހޮނިހިރު ދުވަހު ސަރވިސް ކައުންޓަރުތައް ހެނދުނު 10:00 އިން މެންދުރު 14:00 އަށް ހުޅުވައިފައި ހުންނާނެ ކަމަށެވެ.









ކިޔުންތެރިންގެ ހިޔާލު