ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

Muizzoo
STO_Ads
TTH_Ads
Maldivian_Ads
Advertisement

ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ކަނޑައަޅައި، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ގުނަވަނެއް ވިއްކައިފިނަމަ އަދަބު ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފުރަތަމަ މި ބިލު ފާސްކުރީ މިދިޔަ މެއި މަހުގެ 14ވަނަ ދުވަހުއެވެ. ނަމަވެސް، އެ ބިލުގައި ބަންދުގައި ތިބޭ ގައިދީންނަށް ގުނަވަން ހަދިޔާކުރެވޭ ގޮތަށް އޮތުމުން، އެއީ ފުރިހަމަ ރުހުމާއެކު ކުރެވޭނެ ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، މެއި 31ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އެއަށްފަހު، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލު ދިރާސާކޮށް، ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވަތަ ގައިދީއަކަށް ވެގެން ނުވާނެ ކަމަށް ކަނޑައަޅައި، އަލުން ފާސްކޮށްފައިވެއެވެ.

ކޮމިޓީ މަރުހަލާގައި މި ގާނޫނަށް ގެނެވުނު އަނެއް މުހިންމު ބަދަލަކީ، ގާނޫނާ ޚިލާފަށް ގުނަވަން ނެގުމާއި ޓްރާންސްޕްލާންޓް ކުރުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބުތައް ބަދަލުކުރުމެވެ. ކުރިން ބިލުގައި ޤިޞާސް ހިފުމާއި ދިޔަ ނަގައިދިނުން ހިމަނާފައިވީ ނަމަވެސް، މިހާރު ކަނޑައަޅާފައިވަނީ އެފަދަ ކުށެއް ކޮށްފިނަމަ 150,000 ރުފިޔާއާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އެއް އަހަރާއި ދޮޅު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށެވެ. މީގެ އިތުރުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސްދުވަހުގެ ތެރޭގައި އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ ނަމުގައި ޚާއްސަ ކައުންސިލެއް އުފައްދަންޖެހޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއެކު، މިއީ މިހާރު ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ ރަސްމީ ގާނޫނެކެވެ. ނަމަވެސް، މި ގާނޫނުގެ ދަށުން އަމަލީ ގޮތުން މަސައްކަތްކުރަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހުން ފެށިގެންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް