ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިކަމަށް ތަރައްޤީކުރުމަށްޓަކައި އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކުރައްވައިފި

Ew
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނެރުއްވި ޚާއްޞަ ގަރާރެއްގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިހުތިސާސުން އެ އަތޮޅު ސަވާހެލި ރަސްމީކޮށް ވަކިކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. އެއީ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް ގާނޫނުން މަތިކޮށްފައިވާ ބާރެވެ. މި ބަދަލާއެކު، އައްޑޫ ސިޓީގެ އިހުތިސާސަށް އައި ބަދަލު ދައްކުވައިދޭ ޗާޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ސަވާހެއްޔަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ފޭދުއާއި މަރަދޫފޭދޫގެ މެދަށް ވާ ގޮތަށް އޮންނަ ސަރަހައްދެކެވެ. މިއީ ކުރިންވެސް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ ވިސްނުން ގެންގުޅެފައިވާ ތަނެކެވެ. އެގޮތުން، ފަތުރުވެރިންނަށް ބޭނުންކުރެވޭ ގޮތަށް އެ ތަން ތަރައްގީކުރުމަށް 2021 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވެއެވެ.

HajjCop_ads
Advertisement

މި ނިންމެވުމުގެ ސަބަބުން، ސަވާހެލި ސީދާ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެއެވެ. މި ސަރަހައްދު ތަރައްގީވުމަކީ މުޅި އަތޮޅުގެ އިގުތިސާދަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

މިނިސްޓަރު ފެންވަރުގައި ޠަލާލް އާއި ހަބީބު ރައީސް އޮފީހުގެ މަގާމްތަކަށް އައްޔަންކުރައްވައިފި

472257 9898eaed d

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމުގައި ޒުވާން ޚަޠީބުން އަމަލީ ގޮތުން ނަމޫނާ ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް