ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ހުނަރު ނެތްނަމަ ނާކާމިޔާބުވާނެ: އިޙްސާން

445gf
STO_Ads
TTH_Ads
Advertisement

“މޯލްޑިވްސް 2.0” މަގުޗާޓުގެ ދަށުން ފެށި “ޑިޖިޓަލް ފޯ އޯލް” ކެމްޕޭން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޓެކްނޮލޮޖީގެ ވަސީލަތްތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިން ނަމަވެސް، އެ ތަކެތި ބޭނުންކުރާނެ ހުނަރު ނެތްނަމަ ނާކާމިޔާބުވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ގައުމުގެ ކުރިއެރުމަށް އައު ޓެކްނޮލޮޖީތައް ރައްކާތެރިކޮށް ބޭނުންކުރަން އެނގުމަކީ މުހިންމު ކަމެއް ކަމަށާއި، މި ކެމްޕެއިނުގެ އަމާޒަކީ ޑިޖިޓަލް ރޮނގުން ލޯހުޅުވިފައި ތިބި ހުނަރުވެރި، ޒިންމާދާރު އަދި އުފެއްދުންތެރި ރައްޔިތުންތަކެއް ބިނާކުރުން ކަމަށެވެ. “ޑިޖިޓަލް ފޯ އޯލް” ކެމްޕެއިނަކީ ކުރިމަގަށް ރާވާފައިވާ ގައުމީ ޑިޖިޓަލް ނިޒާމުތަކާއި އުމްރާނީ އިންވެސްޓްމެންޓްތައް މެދުވެރިކޮށް އިގުތިސާދީ އަދި އިޖުތިމާޢީ ނަފާ ހޯދުމަށް ފެށި މަސައްކަތެކެވެ. މިއީ 1970 ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުން ފެށްޓެވި އަސާސީ ތަޢުލީމު އުނގަންނައިދިނުމުގެ ގައުމީ ޕްރޮގްރާމް ފަދައިން، މުސްތަގުބަލަށް ފައްކާވެފައިވާ އާބާދީއެއް ބިނާކުރުމުގެ ބޮޑު ހަރަކާތެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް ކޭބަލް އަޅައި، 5ޖީ ކަނެކްޓިވިޓީ ފޯރުކޮށްދީ އަދި ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކާއި ޕްލެޓްފޯމްތައް ގާއިމުކުރެވިދާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ އިތުބާރާއި ހުނަރު ރައްޔިތުންގެ ކިބައިގައި އަށަގަންނުވަން ޖެހޭނެ ކަމަށެވެ. އެ ހުނަރު ނެތްނަމަ އެފަދަ އިންވެސްޓްމަންޓްތަކުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އާޓިފިޝަލް އިންޓެލިޖެންސްއާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމާއި މަސައްކަތްކުރާ ގޮތް މުޅިން ބަދަލުވެފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ވިޔަފާރިއެއް އަދި ދައުލަތް ހިންގުމުގެ ނިޒާމު ވެސް ޑިޖިޓަލް ވަމުންދާ ކަމަށެވެ. އެހެންކަމުން، އެއްވެސް ރައްޔިތަކަށް ލިބޭ ފުރުސަތެއް، އޭނާ ދިރިއުޅޭ ރަށެއްގެ ސަބަބުން ހަނި ނުވާނެ ފަދަ “ޑިޖިޓަލް ފަސްޓް” ގައުމެއް ބިނާކުރުމަކީ “މޯލްޑިވްސް 2.0” ގެ މައިގަނޑު އެއް އަމާޒުކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވާސިލުވުމަށް އަމާޒު ހިފާފައިވާ މި މަޝްރޫޢުގައި ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ކައުންސިލްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަން ދިނުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތް ހުޅުވައިފި

Io

ގައިދީންނަށް އަމިއްލަ ކުންފުނި ހިންގޭ ފެންވަރުގެ ތަމްރީނު ދިނުމަކީ މުހިންމު ކަމެއް: އިހްސާން 

Igmh

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކުރަނީ

Screenshot

އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މި މަހު ފަށަނީ