ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ފުރަތަމަ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސްޕެޝަލިސްޓް އައިޖީއެމްއެޗާ ގުޅިވަޑައިގެންފި

88887
STO_Ads
TTH_Ads
Advertisement

ރާއްޖޭގެ ފުރަތަމަ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސްޕެޝަލިސްޓް ޑރ. މައީޝާ ޞާލިޙް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާ ގުޅިވަޑައިގެން، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އައު ކުރިއެރުމެއް ގެނެސްދެއްވައިފިއެވެ.

ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީއަކީ ސިކުނޑިއާއި ބުރަކަށީގެ ނާރުތަކާއި ލޭހޮޅިތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، ބޮޑު އޮޕަރޭޝަނެއް ކުރުމަކާ ނުލައި ފަރުވާދިނުމަށް ޚާއްސަ ރޭޑިއޮލޮޖީގެ ގޮތްޕެކެވެ. މި ދާއިރާގައި ފަރުވާދެނީ އެކްސްރޭ، ސީޓީ ސްކޭން އަދި އެމްއާރްއައި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ހަށިގަނޑުގެ އެތެރެ ބަލަމުންނެވެ. މިގޮތުން، ވަރަށް ހިމަ ހޮޅިއެއް ކަމަށްވާ ކެތީޓާ ބޭނުންކޮށްގެން ލޭހޮޅިތަކުގެ ތެރެއިން ފަރުވާ ފޯރުކޮށްދެވެއެވެ.

މި ޓެކްނޮލޮޖީގެ އެހީގައި ސްޓްރޯކް ޖެހުން، ސިކުނޑީގެ ލޭހޮޅިއެއް ފުއްޕުން، އަދި ލޭހޮޅިތަކުގެ އާދަޔާޚިލާފު ގުޅުންތައް ފަދަ ނުރައްކާތެރި މައްސަލަތަކަށް ފަރުވާދެވެއެވެ. ސިކުނޑީގެ ލޭހޮޅިއެއް ފުއްޕާފައިވާނަމަ، ކެތީޓާ މެދުވެރިކޮށް ކޮއިލްތަކެއް ލައްވައިގެން އެ ލޭހޮޅި ފަޅައިގެން ދިއުމުން ސަލާމަތްކުރެވެއެވެ. އާންމުކޮށް ކުރާ ބޮޑެތި އޮޕަރޭޝަންތަކާ އަޅައި ބަލާއިރު، މިއީ ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަ، އަދި ބަލިމީހާ އާންމު ހާލަތަށް ރުޖޫއަވުމަށް ނަގާ ވަގުތު އަވަސް ފަރުވާތަކެކެވެ. ޚާއްސަކޮށް ސްޓްރޯކް ޖެހޭތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި މި ފަރުވާ ދެވިއްޖެނަމަ، ސިކުނޑިއަށް ލިބޭ ގެއްލުން ކުޑަކުރެވި، ބަލިމީހާ ނުކުޅެދޭ ހާލަތަކަށް ދިއުމުން ސަލާމަތްކުރެވެއެވެ.

HajjCop_ads
Advertisement

ޑރ. މައީޝާއަކީ މީގެ ކުރިންވެސް އައިޖީއެމްއެޗްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާފައިވާ، އަދި ސިއްހީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ޑރ. މައީޝާ އައިޖީއެމްއެޗާ ގުޅިވަޑައިގަތުމުން، މީގެ ކުރިން ބޮޑެތި ޚަރަދުތައް ކޮށްފައި ރާއްޖެއިން ބޭރަށް ގޮސްގެން ހޯދަންޖެހޭ ސިކުނޑީގެ ނާރުތަކުގެ ގިނަ ފަރުވާތަކެއް ރާއްޖޭގައި ތިބެގެން ހޯދުމުގެ މަގު ފަހިވާނެއެވެ. މިއީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އައިޖީއެމްއެޗުން ފާހަގަކުރެއެވެ. އޭނާގެ ތަޖުރިބާގެ ސަބަބުން ބަލިމީހުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިޖީއެމްއެޗުން ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް

Io

ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ސަބަބުން އައިޖީއެމްއެޗަށް އޮންނަ އިތުބާރު ބޮޑުވެއްޖެ ކަމަށް ސީއީއޯ ވިދާޅުވެއްޖެ

Amaan Dhoadhi hulhumale

ހުޅުމާލޭގެ ފުލެޓަކުން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފި

Igmh

ރާއްޖޭގައި ނެނޯ ނީޑަލް ބޭނުންކޮށްގެން ސާޖަރީތައް ކުރަން ފަށައިފި