ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ލިބުމުން ހުރީ ރޮވޭވަރުވެފައިކަމަށާއި، އެންމެންގެ ކުރިމަތީގައޮ ރޯން ބޭނުން ނުވީކަމަށް ޗެމްޕިއަންސް ސްޕޭންގެ ކޯޗު ލުއިސް ޑެލަފުއެންޓޭ ބުނެފިއެވެ.

ސްޕެއިނަށް ޔޫރޯ ކާމިޔާބުކޮށްދިނުމަށްފަހު ވޯލްޑު ކަޕްވެސް ކާމިޔާބުކޮށްދިން ކޯޗު ބުނީ މިއީ ވަރަށް ޚާއްސަ ކާމިޔާބީއެއްކަމަށެވެ.

މިހުރީ ހިތުގެ އަޑިން ރޮވިފައި. އެކަމަކު ވެސް ރޯކަށް ބޭނުމެއްނޫން. ސަބަބަކީ މި އުފާވެރި ވަގުތު މިއީ އެކަމަށް މުނާސަބު ކަމަކަށް ނުވާތީވެ. ހަގީގަތުގައި މި ކާމިޔާބީ އަކީ ވަރަށް މަސައްކަތުން ހޯދުނު ކާމިޔާބީ އެއް.

ސްޕެއިންގެ ކޯޗު ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ކޯޗު ބުނީ ކުޅުންތެރިންނާއެކު މި ތަށި ހޯދަން ވަރަށް ގިނަ ވަގުތު ހޭދަކޮށް، އެހާމެ ބުރަކޮށް މަސައްކަތް ކުރެވުނުކަމަށެވެ. ކޯޗު ބުނީ ސްޕެއިންގެ ޓީމަކީ ނަމޫނާ ޓީމެއްކަމަށާއި، އެއީ ހުނަރުން ފުރިގެންވާ ޓީމެއްކަމަށެވެ.

އެންމެނަށް ވެސް ކުޑަކުދިންނަށް ވެސް ސްޕޭނުގެ ބޮޑެތި މީހުންނަށްވެސް އާއިލާތަކަށްވެސް، ސްޕޭނުގެ ކުޅިވަރަށްވެސް، ކުޑަކުދިންނަށްވެސް ސުވާލު ނޫފެއްދޭވަރުގެ ހުނަރުވެ މޮޅު ޓީމެއް. މަސައްކަތުގެ ރޭޓް އެހާ ވަރުގަދަ ޓީމެއް.

ސްޕެއިންގެ ކޯޗު ބުންޏެވެ.

ވޯލްޑް ކަޕް ފައިނަލެއްގައި ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހުނު ނަމަވެސް އަދި އާޖެންޓީނާގެ އެއް ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމުން ވެސް މެޗު ގެއްލިދާނެތީވެ އޭނާގެ ކުޅުންތެރިން ދެއްކި ވަރަށް ފަރުވާތެރި ކުޅުމެއްކަމަށްވެސް ސްޕެއިންގެ ކޯޗު ބުންޏެވެ.