ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޕެއިންގެ ސްޓައިލްގައި ސަޢުދީގެ މައްޗަށް ކުރިހޯދައި ގްރޫޕްގެ އެންމެ ކުރިއަށް

4724000
TTH_Ads
STO_Ads
Advertisement

ސްޕެއިންގެ ސްޓައިލްގައި ކުޅެ، ސަޢުދި ޢަރަބިއްޔާގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސައުދީ އަރަބިޔާގެ މައްޗަށް ސްޕެއިން ކުރި ހޯދީ 4-0 އެވެ.

ޒުވާން ކުޅުންތެރިޔާ ޔަމާލް އާއި އޮލްމޯގެ އިތުރުން އަލެކްސް ބައެނާއާއި ޕެޑްރޯ ޕޮރޯވެސް ފުރަތަމަ އެގާރައިގައި ހިމަނައިގެން ނިކުމެ، ފުރަތަމަ ހާފްގައި 3 ގޯލް ޖެހިއެވެ. ސްޕެއިނުން ސައުދީގެ ގޯލް ހުޅުވާލީ 10 ވަނަ މިނިޓްގައި ޔަމާލްގެ ލަނޑުންނެވެ. 18 އަހަރުގެ ޔަމާލް ލަނޑު ޖެހީ އޮޔާޒަބާލް ނަގައިދިން ހުރަސް ގޯލް އޭރިޔާ ތެރެއިން ގޯލަށް ފޮނުވާލައިގެންނެވެ.

HajjCop_ads
Advertisement

އޭގެ ނުވަ މިނިޓް ފަހުން ސްޕެއިންގެ ދެވަނަ ގޯލް ޖެހީ އޮޔަޒަބަލް އެވެ. ކޯނަރެއް ސާފްކޮށް ނުލެވި، ސައުދީ އޭރިޔާ ތެރެއިން ލިބުމުން ޔަގީން ކަމާއެކު ބޯޅަ ގޯލަށް ފޮނުވާލިއެވެ. އަދި އޭގެ ދެ މިނިޓްފަހުން އޮޔާޒަބަލް އޭނާގެ ދެވަނަ ގޯލް ޖެހިއެވެ.ގޯލް އޭރިޔާ ތެރޭގައި ހުރެ ވައަތު ފައިން ފޮނުވާލި ބޯޅަ އަމާޒުވީ ދާގަނޑަށެވެ. އޭގެއިތުރުންވެސް ފުރަތަމަ ހާފްގައި އޮޔާޒަބާލް ރަނގަޅު ދެ ބޯޅައެއް ފޮނުވާލިއެެވެ.

ދެވަނަ ހާފަށް ސްޕެއިން ނިކުތީ އޮޔަޒަބާލް އާއި ޔަމާލުގެ ބަދަލުގައި ފެރަން ޓޮރޭޒް އާއި ޔެރެމީ ޕިނޯއަށް ފުރުޞަތު ދީގެންނެވެ. ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި ސްޕެއިން އިން އެމީހުންގެ ހަތަރު ވަނަ ގޯލް ޖެހިއެވެ. އޭރިޔާ ތެރެއިން ޑިފެންޑަރު ކުކުރެލާ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ސައުދީ ކީޕަރު ގައިގަ ޖެހިފައި ނިކުއިން ވަގުތު ސައުދީ ޑިފެންޑަރު ހަސަން އަލްތަމްބަކްޓީ ގައިގަ ޖެހިފައެވެ. މެޗުގެ އިތުރު ވަގުތުގައިވެސް ސްޕެއިން އިން ސައުދީގެ ގޯލް ފޫއަޅުވާލިއެވެ. ގޯލް އޭރިޔާ ތެރޭގައި ހުރެ ވައަތުފައިން މަޑުމަޑުން ސީދާ މެދަށް ބޯޅަ ފޮނުވާލުމަށްފަހު ފެރަން ޓޮރޭޒް އުފާފާޅުކުރި ނަމަވެސް ގިނައިރުތަކެއް ފަހުން އެގޯލް ބަލައި ނުގަންނަން ރެފްރީ ނިންމީ ވީއޭއާރުން ބެލުމަށްފަހު އެވެ. އެއީ ފެރަން ޓޮރޭޒް އޮފްސައިޑްގައި ހުރެ ބޯޅަ ފޮނުވާލުމުންނެވެ.

މިއާއެކު ސްޕެއިނުން ވަނީ ގްރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

49335860 9240 11f1 afba 01cbe043dea0

ރޮޑްރީއަށް ބާސާއިން ހުށައެޅި 38.5 މިލިއަން ޕަންޑަށް ސިޓީން ބުނީ ނޫނެކޭ!

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު