ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި ފަހަރުގެ ޗުއްޓީގައި 4،000 އަށް ވުރެ ގިނަ ދިވެހީން އުމްރާއަށް ގޮސްފި

Io
STO_Ads
TTH_Ads
Advertisement

ސްކޫލު ބަންދާއި މިނިވަން ދުވަހުގެ ޗުއްޓީއާ ދިމާކޮށް 4،000 އަށް ވުރެ ގިނަ ދިވެހީން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ދުވަސްކޮޅު އެކި ޖަމާއަތްތަކުގެ ހަވާލުގައި ގިނަ އަދަދެއްގެ ދިވެހީން މައްކާގައި އެބަތިބި ކަމަށެވެ. މިގޮތުން 4،000 އަށް ވުރެ ގިނަ ދިވެހީން އުމްރާއަށް ގޮސްފައިވާއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓަރު ކަށަވަރުކޮށްދެއްވިއެވެ. މިއީ އަހަރުގެ ފުރަތަމަ ސްކޫލު ބަންދާއި ޖުލައި 26 ގެ ބަންދާ ދިމާކޮށް ގިނަ ބަޔަކު ކުރަމުން އަންނަ ދަތުރުތަކެކެވެ. ރިޕޯޓުތައް ބުނާގޮތުން ފާއިތުވި ސްކޫލު ބަންދުގައި ވެސް 7،000 އަށް ވުރެ ގިނަ މީހުން އުމްރާއަށް ގޮސްފައިވެއެވެ.

މި ބަންދުގައި ދިވެހީން އުމްރާއަށް ދަތުރުކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ އެކި ގުރޫޕުތަކުގެ ހަވާލުގައެވެ. މި ގުރޫޕުތަކުން ދަނީ އުމްރާވެރިންނަށް ޚާއްސަ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި މައްކާއާއި މަދީނާއާ ދެމެދު ދަތުރުކުރުމަށް ހައި ސްޕީޑް ރޭލު ބޭނުންކުރުމާއި، ދިވެހި ރަހަތައް ހިމެނޭ ކެއުން އިންތިޒާމުކުރުން ހިމެނެއެވެ. އަދި 24 ގަޑިއިރު ޚިދުމަތްދޭ ކްލިނިކްތައް ގާއިމުކުރުމާއި، ކުޑަކުދިންނަށް ޚާއްސަކޮށްގެން ދީނީ ހަވީރު ފަދަ ހަރަކާތްތައް ރޭވުން ހިމެނެއެވެ.

HajjCop_ads
Advertisement

ގުރޫޕުތަކުގެ ހަވާލުގައި ދިއުމުގެ އިތުރުން، އަމިއްލައަށް ޓޫރިސްޓު ވިސާ ނަގައިގެން އުމްރާއަށް ދިއުން މިހާރު ވަނީ އާންމުވެފައެވެ. ސައޫދީ އަރަބިއްޔާއިން އޮންލައިންކޮށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، އާއިލާތަކުން އަމިއްލައަށް ދަތުރުތައް ރާވައިގެން ދިއުން ވަނީ އިތުރުވެފައެވެ. މިގޮތަށް ދަތުރުކުރުމުން ޚަރަދު ކުޑަވުމާއެކު، އަމިއްލަ އިޚުތިޔާރުގައި ކަންކަން ރޭވުމުގެ ފުރުސަތު ލިބިގެންދެއެވެ. މި އާދަ ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ވަނީ މަގުބޫލުވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Resorts

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އޮގަސްޓު 14 އިން 15އަށް ބޭއްވުމަށް ނިންމައިފި

445gf

ހުޅުމާލޭގައި ބިނާކުރާ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

ސިލްސިލާ ދައުރާ ޕްރޮގްރާމް ފަށައިފި

Io

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި