ހުޅުމާލެ ފޭސް އެކެއްގެ ގެސްޓްހައުސްއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ގެސްޓްހައުސްއެއްގެ ތިންވަނަ ފަންގިފިލާގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޓީމުތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ނަމަވެސް އެއީ ދިވެއްސެއް ކަމެއް އަދި ބިދޭސީއެއް ކަމެއް ފުލުހުން ނުބުނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތައް ލިބުމުން ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.