ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ފުލުހުން “ރޯޑްޝޯ” އެއް ބާއްވައިފި

Resorts
STO_Ads
TTH_Ads
Advertisement

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އެކްސިޑެންޓުތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހުޅުމާލޭގެ ފުލުހުން ޚާއްޞަ “ރޯޑްޝޯ” އެއް ބާއްވައިފިއެވެ.

ހުޅުމާލެ ޓްރެފިކް ފުލުހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމެވެ. އަދި ބަދަހި، އަމާން މުޖުތަމައެއް ބިނާކުރުމަކީވެސް މި ހަރަކާތުގެ އަމާޒެކެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދެއެއްގެ އެކި ސަރަހައްދުތަކުގައެވެ. މި ހަރަކާތުގައި ހުޅުމާލެ ޕޮލިސް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި މި ހަރަކާތުގެ ތެރެއިން، މަގުމަތީގައި އުޅަނދު ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންނާ ބައްދަލުކޮށް ސަލާމަތީ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން، އުޅަނދު ދުއްވާއިރު ތިމާއާއި އަނެކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ ކަންކަމުގެ މައުލޫމާތު ކިޔައިދީފައިވެއެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރަށް އަދި ނުރައްކާތެރިކޮށް އުޅަނދު ނުދުއްވުމަށާއި މަގުހުރަސްކުރާ މީހުންނަށް އިސްކަންދިނުމަށް އިރުޝާދު ދީފައިވެއެވެ.

ހަމައެއާއެކު، ހިނގާބިނގާވެ އުޅޭ މީހުންވެސް ދުއްވާއެއްޗިއްސަށް ސަމާލުކަންދިނުމަށާއި މަގުހުރަސްކުރާއިރު ދެކޮޅު ބަލައި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

788

ހުޅުމާލޭގެ އުސް އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސުކޫލު ދަރިވަރުން އަހުލުވެރިކުރުވުމަށް މައުލޫމާތުދީފި

Police vcle

އަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން 11.5 މިލިއަން ރުފިޔާ ފޭރިގެންފި

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި