ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

88887
STO_Ads
Maldivian_Ads
TTH_Ads
Advertisement

އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ މަހު ރާއްޖެއިން ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ފަސް މީހަކު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މުޙައްމަދު މުސްތާކް ޖަމާލްއާއި 26 އަހަރުގެ ސިރަޖުދީން ރަޝިތާގެ އިތުރުން ދިވެހި ތިން ފިރިހެނުންނެވެ.

މި މައްސަލައިގައި ހިމެނޭ ދިވެހިންނަކީ ލ. ގަން، މުކުރިމަގު ފޭރުގަސްދޮށުގެ، އުމުރުން 33 އަހަރުގެ އަޙްމަދު އަފްރާޙްއާއި، މާލެ، ހ. ކަހަފަތި، އުމުރުން 42 އަހަރުގެ އިލްޔާސް އަޙްމަދާއި، މާލެ، ގ. ހޭޅި، އުމުރުން 36 އަހަރުގެ ޙަސަން ޝަމްޢޫނެވެ. މި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އެ މުއްދަތު މި މަހުގެ 25 ވަނަ ދުވަހަށް ހަމަވާނެއެވެ.

HajjCop_ads
Advertisement

އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައި ދެ ބިދޭސީންގެ ލަގެޖު ކަސްޓަމްސްއިން އެކްސްރޭކޮށް ބެލިއިރު، އޭގެ ފުލުގައި އެއްޗެއް ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވުނެވެ. އެހެންވެ އިތުރަށް ބަލައިފާސްކުރުމުން، ލަގެޖުގެ ފުލުގައި ވަކި ބައެއް ހަދައިގެން ފޮރުވާފައި ހުރި 8.3 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ކޯޓުގައި އެ މީހުން ބުނެފައިވަނީ އެ ތަކެއްޗަކީ ފައިސާ ދޭނެކަމަށް ބުނެ އެހެން މީހަކު ހަވާލުކުރި ތަކެތި ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ކޯޓު އަމުރުގައި ހިމަނާފައެއް ނުވެއެވެ.

އިންޑިއާގެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން، އެ މީހުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް މިދިޔަ މާރިޗު މަހު ވަނީ އިސްލާހު ގެނެސް އަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގެ ދަށުން މަރުގެ އަދަބު ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. އެހެން ނޫން ހާލަތްތަކުގައި ކުށް ސާބިތުވާ މީހުންނަށް އަންނާނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާއެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

criminal court

ކެނަބިސް ޓްރެފިކް ކުރި މީހަކު 14 އަހަރަށް ޖަލަށް ލުމާއެކު 50,000 ރުފިޔާއިން ޖޫރިމަނާކޮށްފި

ނަޝީދަށް ދިން ބޮމުގެ ހަމަލާ: ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި

Saeed

ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ މަންޒަރު ފަތުރައިގެން މާލީ މަންފާ ހޯދި ތިން މީހަކު ޖަލަށްލާން ހުކުމްކޮށްފި

Igmh

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި