ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޭޕަލްގައި 3800އަށްވުރެ ގިނަ އެކައުންޓު ހުޅުވައިފި

Minister Saeed
TTH_Ads
STO_Ads
Advertisement

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތާ ދޭން ފެށިފަހުން މިހާތަނަށް 3800 އަށްވުރެ ގިނަ ފަރާތުން އެ ޚިދުމަތާ ގުޅިފައިވާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވަހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވިޔަފާރިތަކަށް ވަރަށް ގިނަ ދަތިތަކެއް މީގެކުރިން ހުރިކަމަށެވެ. އޭގެތެރެއިން އެއް ދައްޗަކީ ފައިސާ ދައްކާ ރާއްޖެއިން ބޭރުން ފައިސާ ލިބުމުގައި ހުރި ދަތިތައްކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަންކަމަށް ހައްލު ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމަކީ މިގޮތުން ފެށިގެންދިޔަ ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރީ މިދިޔަ ޖޫން މަހުގެ 15ވަނަ ދުވަހުއެވެ. ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ހިމެނޭހެން އީވޮލެޓް ތާޢަރްފްކުރުމާއި، މާލީ މުޢާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

HajjCop_ads
Advertisement

މިއަދު އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ގާތްގަނޑަކަށް 3،800 އަށްވުރެ ގިނަ ފަރާތުން އެކައުންޓް އެކްޓިވޭޓްކޮށް ޓްރާންސެކްޝަންތަކެއް ފެށިއްޖެ. އެހެރަ އަންނަނީ ކުޑަ ނަމަވެސް ކުރިއެރުންތަކެއް.

އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

ޕޭޕަލްގެ ޚިދުމަތް ދޭންފެށީ ޕޭޕަލްއާއި އުރީދޫ އާ ދެމެދު ޤާއިމުކޮށްފައިވާ ސީމްލަސް އިންޓަގްރޭޝަންގެ ތެރެއިން އުރީދޫ އެމް-ފައިސާ މެދުވެރިކޮށެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ޤާއިމުކުރުމާއެކު މިހާރު ރާއްޖެ ހިމެނިގެން ދަނީ މި ސަރަޙައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިޤްތިޞާދުތަކުގެ ލިސްޓުގައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

އިދިކޮޅު ފަރާތްތަކުން ތަކެތީގެ އަގާ ގުޅުވައި ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: މިނިސްޓަރު ސައީދު

445gf

ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް އިންވެސްޓްމަންޓުގެ އާ ފުރުސަތުތަކެއް ހުޅުވައިލެވިއްޖެ: ސައީދު

Io

ރާއްޖެއާއި އިންޑިއާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު މެރިޓައިމް ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: އިކޮނޮމިކް މިނިސްޓަރު

Io

ރާއްޖޭގެ ޑޮލަރުގެ މައްސަލައިގެ އަސްލަކީ ރައީސް ނަޝީދުގެ ސަރުކާރުން ގެނައި ބަދަލު ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ