ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގައި އިމާރާތްކުރާ ދެ ޕާކިން ބިލްޑިން އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމާނެ

Large 170819522430tbxu
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު — ފޮޓޯ: ރައީސް އޮފީސް
TTH_Ads
Maldivian_Ads
STO_Ads
Advertisement

މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިމާރާތްކުރާ ދެ ޕާކިން ބިލްޑިންގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ނިންމަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ހީނާމާގޭގައި ހަދާ ޕާކިން އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށް، އެންމެ ފަހުގެ މައުލޫމާތުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި ދެވަނަ ބިމެއްގެ ގޮތުގައި ސޯސަންމަގުގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ޖެހިގެން އޮތް ބިމުގައި ހަދާ ޕާކިން ބިލްޑިންގެ މަސައްކަތް ވެސް ކޮންޓްރެކްޓަރަކާ ހަވާލުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއަކީ ގްރޭޓާ މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫއެކު މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމްލަ 7 ޕާކިން ބިލްޑިން ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި އިމާރާތްތައް ނިމިގެންދާއިރު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

HajjCop_ads
Advertisement

މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި މިއީ މާލޭގެ ޓްރެފިކާއި ޕާކިންގެ ދަތިތަކަށް މީގެ ކުރިން ގެނެވިފައި ނުވާފަދަ ބޮޑު ހައްލެކެވެ. މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ލިބި، މާލޭގެ މަގުތައް ތަރުތީބުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

77

ބަންކަރިންގެ ހިދުމަތުން ފުރިހަމަ ނަފާ ހޯދޭނީ ޓްރާންޝިޕްމަންޓް ޕޯޓާއި ސްޓޯރޭޖް ފެސިލިޓީސް ގާއިމުކުރެވުމުން: ސައީދު

Qw

ބޭރުގެ އޮންލައިން ވިޔަފާރިތަކަށް ދިމާވި ދަތިތަކަށް ހައްލު ގެންނަމުންދާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ

Qw

މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ޚާއްސަ ބަސްތަކެއް ތަޢާރަފްކުރަނީ

43

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު 2028 ވަނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ނިންމަނީ