ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ 9 ކެފޭއަކުން 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Igmh
Maldivian_Ads
STO_Ads
TTH_Ads
Advertisement

އިމިގްރޭޝަނުގެ ޓާސްކުފޯހުން މިއަދު ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ 9 ކެފޭއަކުން 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ވަނީ މިއަދު ހެނދުނު މާލޭގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި މާލޭގެ 9 ކެފޭއެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 10 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ މާލެ ސަރަހައްދުގައި ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ މައްސަލަ ހައްލުކުރުމަށް އެ އިދާރާއިން ފަށާފައިވާ ހާއްސަ ހަރަކާތުގެ ބައެކެވެ.

މިއަދުގެ އޮޕަރޭޝަންގެ އިތުރުން، މި މަހުގެ އެކި ދުވަސްމަތިން އިމިގްރޭޝަނުން ވަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެގޮތުން، މި މަހުގެ 5 ވަނަ ދުވަހުގެ ރޭ މާލޭގެ ފުޑް ކޯޓު ސަރަހައްދުގައި ހިންގި ހަރަކާތުގައި 88 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، މި މަހުގެ 11 ވަނަ ދުވަހު ތިލަފުށީގައި ކުރިއަށްގެންދިޔަ ފުޅާ ދާއިރާއެއްގެ ރެއިޑް އޮޕަރޭޝަނުގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

HajjCop_ads
Advertisement

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތާއި އިގުތިސޯދާ ގުޅިފައިވާ ބޮޑު މައްސަލައަކަށް ވުމާއެކު، އިމިގްރޭޝަނާއި ގުޅުންހުރި އެހެނިހެން މުއައްސަސާތައް ގުޅިގެން ދަނީ މިކަމަށް އަވަސް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މާލެއާއި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ގަވައިދުން ފާސްކުރުމުގެ ހަރަކާތްތައް ހިންގައި، ގާނޫނާ ހިލާފަށް އުޅޭ ފަރާތްތަކާމެދު ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސެލޫންއާ ސްޕާތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރި ހަތް ބިދޭސީން ހައްޔަރު ކޮށްފި

HRYGZ5DaUAAEvMk

މާލެ ސަރަހައްދުން 426 ބިދޭސީން ބަލާ ފާސްކޮށް 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

immigration

426 ބިދޭސީއަކު ފާސްކޮށް، 13 ބިދޭސީން ހައްޔަރުކޮށްފި

immigration faseeh

ޓްރެވަލް ޑޮކިއުމަންޓުގެ ފީ ކަނޑާލުމުގެ ބާރު ކޮންޓްރޯލަރަށް