ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަކި ސަބަބަކާ ނުލައި އިސްފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު ޖޭއެސްސީއަށް ދީފި

90
TTH_Ads
STO_Ads
Advertisement

ވަކި ސަބަބެއް ނެތި ވެސް ކޯޓުތަކުގެ އިސްފަނޑިޔާރުން މަގާމުން ވަކިކުރުމުގެ އިޚުތިޔާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބޭ ގޮތަށް ގަވާއިދެއް އެކުލަވައިލައި މިއަދު އަމަލުކުރަން ފަށައިފިއެވެ.

ކޯޓުތަކަށް އިސްފަނޑިޔާރުން އައްޔަނުކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ މި ގަވާއިދު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ގަވާއިދުގައި އިސްފަނޑިޔާރުން އައްޔަނުކުރުމުގެ އިޖުރާއަތްތައް ތަފުސީލުކޮށް ބަޔާންކޮށްފައިވީ ނަމަވެސް، މަގާމުން ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައިވަނީ ކޮމިޝަނަށެވެ.

ގަވާއިދުގެ އަށްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި އިސްފަނޑިޔާރަކު މަގާމުން ދުރުކުރަން ޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ހިނދެއްގައި، އެ ބަދަލު ގެނައުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ. މިއީ ވަކި ޚާއްސަ ސަބަބެއް ބަޔާންކުރުމަކާ ނުލައި ކޮމިޝަނަށް ލިބިދޭ އިޚުތިޔާރެކެވެ.

HajjCop_ads
Advertisement

އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި، ގާނޫނީ ފަންނަށް އަހުލުވެރިވެފައިވާ މިންވަރާއި، އިޖުތިމާއީ ކަންކަމުގައި ގެންގުޅޭ ތަސައްވުރާއި، މުއާމަލާތްކުރުމުގެ ގާބިލުކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ހިމެނެއެވެ. މީގެ އިތުރުން މަސައްކަތުގެ އަޚުލާގާއި ހިންގުމުގެ ހުނަރާއި މައްސަލަތައް ހައްލުކުރުމުގެ ވިސްނުން ހުރި މިންވަރަށް ވެސް ރިއާޔަތްކުރާނެއެވެ.

ސުޕީރިއާ ކޯޓުތަކުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެވޭނީ މިހާރު ވެސް އެ ކޯޓެއްގައި މަސައްކަތްކުރަމުންދާ ފަނޑިޔާރުންނަށެވެ. އަދި ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އެ ދާއިރާއެއްގެ ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަށެވެ.

ޖޭއެސްސީން މިފަދަ ގަވާއިދެއް އެކުލަވައިލާފައިވާއިރު، އެ ކޮމިޝަނުގެ މިނިވަންކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ކުރީގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މަގާމުން ވަކިކުރުމުގައި ކޮމިޝަނުން އަމަލުކުރި ގޮތުގެ ސަބަބުން، ވެރިކަން ހިންގުމުގެ ބާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. އަދި ކޮމިޝަނުގެ ނިންމުންތަކުގައި ސިޔާސީ މަގުސަދުތައް އެކުލެވޭކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި

Io

ސިވިލް ކޯޓުގެ ތިން ގާޒީންގެ މަގާމަށް 42 ފަރާތަކުން ކުރިމަތިލައިފި

Io

ޖޭއެސްސީގެ ނައިބު ރައީސްކަމުން ޔަޒްމީދު އިސްތިއުފާދެއްވައިފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި