ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އަލަށް އައްޔަނުކުރެއްވި ގާޒީން ހުވާކުރައްވައިފި

Qw
STO_Ads
TTH_Ads
Advertisement

ޖުޑިޝަލް ސާވިސް ކޮމިޝަނުން ކްރިމިނަލް ކޯޓަށް ތިން ގާޒީން އަދި ސިވިލް ކޯޓަށް ދެ ގާޒީން އައްޔަނުކޮށް، އެ ބޭފުޅުން މަގާމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓަށް ގާޒީން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެ ކޯޓުގެ ގާޒީ ކަމަށް ތިން ބޭފުޅަކު އައްޔަނުކުރުމަށް ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަނުކުރެއްވީ ޅ. ކުރެންދޫ ނޫރާނީމާގެ ސުލައިމާން މުޙައްމަދާއި، ހއ. ދިއްދޫ ޑޭޒީމާގެ އަޙްމަދު ތައުފީގުގެ އިތުރުން ތ. ވޭމަންޑޫ ޑްރީމް މުޙައްމަދު ޢަބްދުﷲއެވެ.

HajjCop_ads
Advertisement

އޭގެ ތެރެއިން ސުލައިމާން މުޙައްމަދަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސްއިން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާފައެވެ. ސުލައިމާން ވަނީ ޝަރުއީ ދާއިރާގައި 12 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓަށް އައްޔަނުކުރެއްވި އަޙްމަދު ތައުފީގަކީ ޝަރުއީ ދާއިރާގައި 18 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ ވަނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެކި މަގާމުތައް ފުރުއްވާފައެވެ.

ކްރިމިނަލް ކޯޓަށް އައްޔަނުކުރެވުނު މުޙައްމަދު ޢަބްދުﷲއަކީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމު ފުރުއްވަމުން އަންނަ ބޭފުޅެކެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަނުކުރެއްވީ ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް އަލްއުސްތާޛު މުޙައްމަދު ނިޝާޠާއި، ރ. ހުޅުދުއްފާރު ރޯޒްވިލާ އަލްއުސްތާޛާ އާސިޔާ އަޒީމާއެވެ.

މުޙައްމަދު ނިޝާޠަކީ ޝަރުއީ ދާއިރާއާ ގުޅުންހުރި މަގާމުތަކުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އާސިޔާ އަޒީމާއަކީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަގާމާއި ލީގަލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ޖޭއެސްސީން ނިންމައިފި

90

ވަކި ސަބަބަކާ ނުލައި އިސްފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު ޖޭއެސްސީއަށް ދީފި

88887

ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި

Io

ސިވިލް ކޯޓުގެ ތިން ގާޒީންގެ މަގާމަށް 42 ފަރާތަކުން ކުރިމަތިލައިފި