ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރި ސިޔާސަތުގެ ހެޔޮ ނަތީޖާއާއެކު މިފްކޯއަށް މަސްގަންނަން ދެމުން އައި ސަބްސިޑީ ކަނޑާލައިފި

HNKVNkwbkAAt7bN
STO_Ads
TTH_Ads
Advertisement

މަސްވެރިކަމުގެ ސިނާޢަތުގެ ރަނގޅު ސިޔާސަތުގެ ނަތީޖާ ފެންނަމުންދާކަމަށާއި، އެގޮތުން މިފްކޯއަށް ދެމުން އަންނަ ސަބްސިޑީވެސް މިހާރު ކަނޑާލާފައިވާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، މަސް ބޭރުކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުތަކުން ޒަމާންތަކެއް ވަންދެން ގެންގުޅުނު ސިޔާސަތުތައް ބަދަލުވާންޖެހޭ ކަމަށެވެ. އެގޮތުން، 40 އަހަރު ވަންދެން ފެލިވަރުގައި ޤާއިމުކޮށްފައިވާ ފެކްޓްރީން އެކަނި ޚިދުމަތް ދެމުން އައިރުއިރު، ރާއްޖޭގައި ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކޮށްފައިނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލު ކުރިއިރު، އެ އަގުގައި މަސް ގަތުމަށް މިފްކޯއަށް ދައުލަތުން ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން އަހަރަކު ބިލިޔަނުން ސަބްސިޑީ ދޭންޖެހެއެވެ. އެ ފައިސާ މެދުވެރިކޮށް އިންފްރާސްޓްރަކްޗަރ އިތުރު ނުކުރެވުނީ ކީއްވެތޯ ވަޒީރު ވަނީ ސުވާލު އުފައްދަވާފައެވެ. މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫއުތަކާއެކު ރާއްޖޭގައި މިހާރު ހުރި 105 ޓަނުގެ ޕްރޮސެސިންގ ކެޕޭސިޓީ ތިން ގުނަ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާއެކު މިފްކޯގެ މަސައްކަތްތައް ހަރުދަނާކުރެވި، މަސްގަތުމަށް ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ.

 އަޅުގަނޑު މިއަދު ދަންނަވަން ކެރޭ އިނގޭތޯ އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށެއް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދެން.

ޝިޔާމް ވިދާޅުވިއެވެ.

ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ކާރުޚާނާއެއް ޤާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ކާރުޚާނާގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

shiyam minister

ޅޮހީގައި އައު އައިސްޕްލާންޓެއް މިއަހަރު ޤާއިމްކުރާނަން: ވަޒީރު

WhatsApp Image 2026 08 12 at 09.35.07

އިނގިރޭސި ޓެރިފް ކަނޑާލުމުން ރާއްޖޭގައި މަސް ގަންނަ ވާދަވެރި ބާޒާރެއް އުފެދިއްޖެ: ޝިޔާމް

މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު މިފްކޯއިން ހަމަޖައްސައިފި

Sea Cucumber (Thelenota anax) (8499582873)

އެމްބަރފިޝް ހުއިފިލަނޑާ ބޭރުކުރުމަށް މަޝްވަރާކޮށްފި