ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއާއި އިންޑިއާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު މެރިޓައިމް ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: އިކޮނޮމިކް މިނިސްޓަރު

Io
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް މަޝްވަރާކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި ވިޔަފާރިތަކަށް ދުނިޔޭގެ ބޮޑެތި މާކެޓުތަކުން އާ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލްއާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު އިންޑިއާގެ ވިއޮން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހަރުދަނާވެފައިވާ ކަމަށެވެ. އަދި އިންޑިއާގެ ނިއުދިއްލީ އާއި ބެންގަލޫރާއި މުމްބާއީގައި ބޭއްވުނު ވިޔަފާރީގެ ފޯރަމްތަކަށްފަހު ދެ ގައުމުގެ އަމިއްލަ އަދި ސަރުކާރުގެ ކުންފުނިތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރެވި އިންވެސްޓްމަންޓުތަކަށް އާ ފުރުސަތުތަކެއް ހުޅުވިފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ދެމެދުގައި ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ފްރީ ޓްރޭޑް އެގްރީމަންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ މާކެޓުތަކަށް ވަނުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ފަހިވެގެންދާނެއެވެ. ހަމައެއާއެކު ރާއްޖޭގެ މެރިޓައިމް ސިނާއަތަށް މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބި ސަރަހައްދީ ވެލިއު ޗޭންތަކާ ގުޅިގެން މަސައްކަތްކުރުމުގެ މަގު ތަނަވަސްވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އިތުރުން އިންޑިއާއާއެކު މަޝްވަރާތައް ނިމިފައިވާ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީގެ ސަބަބުން ފަތުރުވެރިކަމާއި ލޮޖިސްޓިކްސް އާއި ސިއްހީ ދާއިރާއާއި ތައުލީމާއި އިއާދަކުރަނިވި ހަކަތައިގެ އިތުރުން ޑިޖިޓަލް އިގުތިސޯދު ފަދަ މުހިންމު ދާއިރާތަކަށް އިންޑިއާގެ އިންވެސްޓްމަންޓުތައް އިތުރުވެގެންދާނެއެވެ. މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ ވަޒީފާގެ އާ ފުރުސަތުތައް އުފެދި ޓެކްނޮލޮޖީއާއި ހުނަރު ތަރައްގީކުރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އެފްޓީއޭގެ ސަބަބުން ކަސްޓަމްސްގެ މަރުހަލާތައް ލުއިވެ ވިޔަފާރިކުރުމުގެ ހަރަދު ކުޑަވުމާއެކު ސަޕްލައި ޗެއިން ހަރުދަނާވެގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ އިންޑިއާގެ ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް ވެސް ފަހިވެގެންދާނެ ބޮޑު ފުރުސަތެއްކަމަށާއި މިކަމުގެ ސަބަބުން އިންޑިއާއާއެކު އޮންނަ އިގުތިސޯދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އިންޑިއާއާއި ރާއްޖެއާ ދެމެދު އެފްޓީއޭގެ މަސައްކަތްތައް ފަށަން ނިންމައި އެކަން އިއުލާނުކުރީ 2024 ވަނަ އަހަރު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

minister saeed

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ދިވެހީންގެ 100 ޕަސަންޓު މިލްކެއް، ދޮގު ވާހަކަ ނުފަތުރާ!

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާއާއެކު މަޝްވަރާކޮށްފި

Saeed

ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އިންވެސްޓަރުން ގެނައުމަށް އޮނިގަނޑުތައް ހަރުދަނާކުރުން މުހިންމު: ސައީދު