ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ހައްލެއް ހޯދުމަށް “ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް” އުފައްދައިފި

459740 a954078b 5
STO_Ads
TTH_Ads
Advertisement

މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާއްސަ އޮފީހެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، “ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް” ގެ ނަމުގައި އުފެއްދި އެ އިދާރާ ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ އޮފީހުގެ މަސައްކަތްތަކަށް އިރުޝާދުދީ، ލަފާދިނުމަށްޓަކައި ހާއްސަ ގަވަނިން ބޯޑެއްވެސް އެކުލަވާލާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:

  • މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލައި ތަންފީޒުކުރުން.
  • ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން.
  • ޕާކިންގް މައްސަލައަށް ހައްލު ހޯދުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެފަދަ މަޝްރޫއުތައް ހިންގުމުގައި އިސްދައުރެއް އަދާކުރުން

ޓްރެފިކް މައްސަލަ ހައްލުކުރަން ސަރުކާރުން އާ އޮފީހެއް މި އުފެއްދީ، މާލޭގެ މަގުތަކުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަން ދިރާސާތަކުން ދައްކާފައިވަނިކޮށެވެ. އެގޮތުން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން މިދިޔަ އަހަރު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގައި ޖުމްލަ 119,472 އުޅަނދު ބޭނުންކުރެއެވެ. މީގެ ތެރެއިން 93 ޕަސަންޓަކީ ސައިކަލް ކަމަށްވާއިރު، އެއީ ގާތްގަނޑަކަށް 103,300 ސައިކަލެވެ.

HajjCop_ads
Advertisement

މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްގެން ހެދި އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓްރެފިކާއި ތޮއްޖެހުމުގެ އިތުރުން ވައި ނުސާފުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 132,230 ޕާކިންގް ސްލޮޓް ރަނގަޅު ނިޒާމެއްގެ ދަށުން މެނޭޖްކުރަން ޖެހެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

އިގުތިސާދީ ދަތިތަކާއެކުވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

468552 1299680d b

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ގަސް އިންދުމުގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގެންފި

468486 b1164f56 c

ރައީސް، ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

43

އއ. އުކުޅަހުގެ އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި