ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

STO_Ads
TTH_Ads
Advertisement

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖުގައި ވަނީ ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވާހަރަވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައިކަމަށް ވިދާޅުވެފައެވެ. ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީއަކީ އެމަނިކުފާނުގެ ދުރުވިސްނޭ ލީޑާޝިޕްގެ ދަށުން ގަތަރުގެ ތަރައްގީއާއި ކުރިއެރުމަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ލާމަސީލު ޝަޚްޞިއްޔަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ޤަޠަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި، ޝާހީ އާއިލާއަށާއި، ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ޝައިޚް ޙަމަދް ބިން ޚަލީފާ އަލް-ޘާނީއަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. އެގޮތުން ލ. ގަމުގައި ހުންނަ ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލު ބިނާކޮށްދެއްވުން ހިމެނެއެވެ. މި ސްކޫލަކީ ޤަތަރު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރެވިފައިވާ ދިވެހި ސަރުކާރުގެ ސުކޫލެކެވެ. މި ސްކޫލުގައި ކިޔަވައިދޭން ފަށާފައިވަނީ 1998 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މީގެ އިތުރަށް މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ ނުވަތަ ހުޅުމާލެ ބޮޑު މިސްކިތް އިމާރާތްކޮށްދެއްވުމުގައިވެސް ޝައިޚް ޙަމަދުގެ އެހީތެރިކަން ބޮޑެވެ.

ނަވާރަސަތޭކަ ނުވަދިހަ ފަހަކުން 2013 އަށް ޤަޠަރުގެ ވެރިކަން ކުރެއްވި ޝައިޚް ޙަމަދަކީ، ހަކަތައިގެ ގޮތުން މުއްސަނދި އެ ގައުމަށް އައި އާދަޔާހިލާފު ކުރިއެރުމުގެ ބާނީއެވެ. އެމަނިކުފާނުގެ ޒައާމަތުގައި ޤަޠަރަށް ވަނީ އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ގަދަރު އުފުލިގެން ގޮސްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz departure

ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސް އެ ގައުމަށް ފުރާވަޑައިގެންފި

ގަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދް ބިން ޚަލީފާ އަލް-ޘާނީ އަވަހާރަވެއްޖެ

ޤަތަރުގެ މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

ޓްރަމްޕް ޤަޠަރާއެކު ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި