ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދް ބިން ޚަލީފާ އަލް-ޘާނީ އަވަހާރަވެއްޖެ

STO_Ads
TTH_Ads
Advertisement

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދް ބިން ޚަލީފާ އަލް-ޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ.

ޤަޠަރުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރީގެ އަމީރު އަވަހާރަވިކަން އަމީރުގެ އޮފީހުން ކަށަވަރުކޮށްދީފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ނަވާރަސަތޭކަ ނުވަދިހަ ފަހަކުން 2013 އަށް ޤަޠަރުގެ ވެރިކަން ކުރެއްވި ޝައިޚް ޙަމަދަކީ، ހަކަތައިގެ ގޮތުން މުއްސަނދި އެ ގައުމަށް އައި އާދަޔާހިލާފު ކުރިއެރުމުގެ ބާނީއެވެ. އެމަނިކުފާނުގެ ޒައާމަތުގައި ޤަޠަރަށް ވަނީ އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ގަދަރު އުފުލިގެން ގޮސްފައެވެ.

HajjCop_ads
Advertisement

މިއަދު އުތުރު އެފްރިކާއާއި، މެދުއިރުމައްޗާއި އޭޝިއާ ސަރަހައްދުތަކަށް ޤަޠަރުގެ ސިޔާސީ ނުފޫޒު ފެތުރިފައިވާއިރު، މިއީ އެމަނިކުފާނު ފެއްޓެވި މަސައްކަތްޕުޅުގެ ނަތީޖާއެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު ބޭއްވުނު ފީފާ ވޯލްޑް ކަޕް ޤަޠަރުގައި ބޭއްވުމުގެ ބިންގަލަކީވެސް އެމަނިކުފާނުގެ ދުރުވިސްނުންފުޅެވެ. ވެރިކަމާ ދުރުގައި ހުންނެވި ނަމަވެސް، ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ. މިހާރު މީޑިއާގައި ނުފޫޒު ގަދަ “އަލް ޖަޒީރާ” އަކީ ވެސް ހަމަދުގެ ވެރިކަމުގައި 1996 ވަނަ އަހަރު ނެރުއްވި ގަރާރެއްގެ ދަށުން އުފެއްދި ނެޓްވޯކެކެވެ.

އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވީ 2013 ވަނަ އަހަރު، ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާ ވެރިކަން ހަވާލުކުރެއްވުމަށްފަހުގައެވެ.

ޝައިޚް ޙަމަދް ބިން ޚަލީފާ އަލް-ޘާނީއަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. އެގޮތުން ލ. ގަމުގައި ހުންނަ ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލު ބިނާކޮށްދެއްވުން ހިމެނެއެވެ. މި ސްކޫލަކީ ޤަތަރު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރެވިފައިވާ ދިވެހި ސަރުކާރުގެ ސުކޫލެކެވެ. މި ސްކޫލުގައި ކިޔަވައިދޭން ފަށާފައިވަނީ 1998 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މީގެ އިތުރަށް މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ ނުވަތަ ހުޅުމާލެ ބޮޑު މިސްކިތް އިމާރާތްކޮށްދެއްވުމުގައިވެސް ޝައިޚް ޙަމަދުގެ އެހީތެރިކަން ބޮޑެވެ.

ޝައިޚް ޙަމަދު އަވަހާރަވުމާ ގުޅިގެން އިސްލާމީ ދުނިޔެ ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz departure

ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސް އެ ގައުމަށް ފުރާވަޑައިގެންފި

ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޤަތަރުގެ މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

ޓްރަމްޕް ޤަޠަރާއެކު ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި