ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސް އެ ގައުމަށް ފުރާވަޑައިގެންފި

muiz departure
TTH_Ads
Maldivian_Ads
STO_Ads
Advertisement

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދް ބިން ޚަލީފާ އާލްޘާނީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ އާއިލާއަށާއި ޤަތަރުގެ ސަރުކާރަށް ތައުޒިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ހެނދުނު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.

ޝައިޚް ޙަމަދް ބިން ޚަލީފާ އާލްޘާނީ އަވަހާރަވީ އުމުރުފުޅުން 74 އަހަރުފުޅުގައެވެ. އިއްޔެގެ ވަގުތެއްގައި އެމަނިކުފާނުގެ ޖަނާޒާގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްކަމަށެވެ. އަދި މި ދަތުރުފުޅުގައި، ޤަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލްޘާނީއާ ބައްދަލުކުރައްވައި، ޝާހީ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

HajjCop_ads
Advertisement

ނަވާރަސަތޭކަ ނުވަދިހަ ފަހަކުން 2013 އަށް ޤަޠަރުގެ ވެރިކަން ކުރެއްވި ޝައިޚް ޙަމަދަކީ، ހަކަތައިގެ ގޮތުން މުއްސަނދި އެ ގައުމަށް އައި އާދަޔާހިލާފު ކުރިއެރުމުގެ ބާނީއެވެ. އެމަނިކުފާނުގެ ޒައާމަތުގައި ޤަޠަރަށް ވަނީ އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ގަދަރު އުފުލިގެން ގޮސްފައެވެ.

މިއަދު އުތުރު އެފްރިކާއާއި، މެދުއިރުމައްޗާއި އޭޝިއާ ސަރަހައްދުތަކަށް ޤަޠަރުގެ ސިޔާސީ ނުފޫޒު ފެތުރިފައިވާއިރު، މިއީ އެމަނިކުފާނު ފެއްޓެވި މަސައްކަތްޕުޅުގެ ނަތީޖާއެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު ބޭއްވުނު ފީފާ ވޯލްޑް ކަޕް ޤަޠަރުގައި ބޭއްވުމުގެ ބިންގަލަކީވެސް އެމަނިކުފާނުގެ ދުރުވިސްނުންފުޅެވެ. ވެރިކަމާ ދުރުގައި ހުންނެވި ނަމަވެސް، ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ. މިހާރު މީޑިއާގައި ނުފޫޒު ގަދަ “އަލް ޖަޒީރާ” އަކީ ވެސް ހަމަދުގެ ވެރިކަމުގައި 1996 ވަނަ އަހަރު ނެރުއްވި ގަރާރެއްގެ ދަށުން އުފެއްދި ނެޓްވޯކެކެވެ.

އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވީ 2013 ވަނަ އަހަރު، ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާ ވެރިކަން ހަވާލުކުރެއްވުމަށްފަހުގައެވެ.

ޝައިޚް ޙަމަދް ބިން ޚަލީފާ އާލްޘާނީއަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. އެގޮތުން ލ. ގަމުގައި ހުންނަ ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލު ބިނާކޮށްދެއްވުން ހިމެނެއެވެ. މި ސްކޫލަކީ ޤަތަރު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރެވިފައިވާ ދިވެހި ސަރުކާރުގެ ސުކޫލެކެވެ. މި ސްކޫލުގައި ކިޔަވައިދޭން ފަށާފައިވަނީ 1998 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މީގެ އިތުރަށް މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ ނުވަތަ ހުޅުމާލެ ބޮޑު މިސްކިތް އިމާރާތްކޮށްދެއްވުމުގައިވެސް ޝައިޚް ޙަމަދުގެ އެހީތެރިކަން ބޮޑެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Velana MACL airport

މި އަހަރުގެ ފަހު ކުއާޓާގައި އިތުރު 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

މާލޭގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ބަޔަކާއި ހަވާލުކުރަނީ

Muiz cabinet ministers

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ގައުމީ ފެންވަރުގައި ކުރިއަށްގެންދަވަން ނިންމަވައިފި