ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުން އެލްޖީއޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

LGA
TTH_Ads
STO_Ads
Advertisement

ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭގެ ބޯޑަށް، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ބާއްވާ މި އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ ތިން މެންބަރުންނެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެކެވެ.

މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 އާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

HajjCop_ads
Advertisement

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހަޅަންޖެހޭނީ އެ އޮތޯރިޓީގެ [email protected] އީމެއިލް މެދުވެރިކޮށެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ދަތިވާ ބޭފުޅުންނަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް އެޓޯލް ޕޯސްޓް ބިލްޑިންގައި ހުންނަ އެލްޖީއޭގެ އޮފީހަށް ހާޒިރުވެ ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި، ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސެންސްގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯގެ ސޮފްޓް ކޮޕީ ހިމެނެއެވެ.

މި އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ އޯގަސްޓް މަހުގެ 8 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނީ އޯގަސްޓްމަހުގެ 11 ވާ އަންގާރަ ދުވަހުއެވެ.

މިއީ ކައުންސިލްތަކުގެ ހިންގުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެލްޖީއޭގެ ބޯޑުގައި ކައުންސިލްތަކުގެ ތަމްސީލުކުރުން ކަށަވަރުކުރުމަށް ބާއްވާ އިންތިހާބެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހދ.އަތޮޅު ބޯޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓާލަން އަންގައިފި

LGA

އަތޮޅު ކައުންސިލްތައް އުވުމުން ކޮންމެ އަތޮޅަކަށް އެލްޖީއޭގެ އަތޮޅު އޮފީހެއް ގާއިމުކުރަނީ

majilis

އެލްޖީއޭގެ މުވައްޒަފުން ސީއެސްސީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފި

IMG 20240109 192849 rm3mb0f8lcgtj1arbolmmuiz2o6chifjlcyxr1bgwo

ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ކުރިއަށްދާނެ ގޮތުގެ އުސޫލު އާންމުކޮށްފި