ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ އެއާލައިނުގައި ދިވެހި ޢުމްރާވެރިން އައްޑޫން ސަޢުދީއަށް

STO_Ads
TTH_Ads
Advertisement

ފުރަތަމަ ފަހަރަށް ދިވެހި އުމްރާވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި އެހެން އެއާޕޯޓަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިއްޖެއެވެ.

ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އިއުލާނުކުރެއްވި ގޮތުގައި މި ދަތުރުކުރަން ހަމަޖެހިފައިވަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މި ދަތުރުކުރާނީ ގައުމީ އެއާލައިނުންނެވެ. އެ ދަތުރުގައި ބޭނުންކުރާނީ އެ އެއާލައިނުގެ އޭ-330 މަރުކާގެ މަތިންދާބޯޓުކަމަށް އަމީނު ވިދާޅުވިއެވެ. އަމީނު ސިފަކުރެއްވި ގޮތުގައި މިދަތުރަކީ އައްޑޫއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.

HajjCop_ads
Advertisement

އައްޑޫ ގަން އެއާޕޯޓުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު، ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ވައިގެ ދަތުރުފަތުރުކުރުމަށް ހާއްސަ ވިއުގައެއް ގައުމީ އެއާލައިނުންވަނީ ގާއިމުކޮށްފައެވެ. ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ނަމުގައި ގާއިމުކުރި ވިއުގައިގެ ތެރެއިން އައްޑޫއާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ތިން ބުރީގެ މެދުގައި ޝެޑިއުލު ދަތުރުތައް ފަށާފައިވެއެވެ.

މި ދަތުރުތަކުގެ ސަބަބުން ދެކުނުގެ އަތޮޅުތަކާއި އައްޑޫ ގަން އެއާޕޯޓު ގުޅުވައިލެވި އެ އެއާޕޯޓަކީ ދެކުނުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒަށް ބަދަލުވާނެ ކަމަށް ގައުމީ އެއާލައިނުން ބުނެފައިވެއެވެ.

މިއަދު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީއަށް ގައުމީ އެއާލައިނުގެ ފުރަތަމަ ދަތުރުކުރަން ހަމަޖެހުމާ ގުޅިގެން އަމީނުވަނީ، މި ދަތުރު ހަގީގަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ތަަސައްވުރާއި ލީޑާޝިޕު ފާހަގަކުރައްވައި އެމަނިކުފާނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަން އެއާޕޯޓުގައި 800 މީހުންގެ ޖާގައިގެ މިސްކިތް ކޮމްޕްލެކްސްއެއްގެ ބިންގާ އަޅައިފި

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިމިއްޖެ