ފީފާ ވޯލްޑު ކަޕްގައި މިރޭ މޮރޮކޯއާ ދެކޮޅަށް ނިކުންނައިރު އެންމެ އިސްކަންދޭންވީ ލިބޭ ފުރުޞަތުތައް ރަނގަޅަށް ނިންމުމަށްކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުނެފިއެވެ.

ކުއާޓަރ ފައިނަލުގައި މިރޭ މޮރޮކޯއާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްރާންސްގެ ކޯޗު ބުނީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ވާދަކުރި ގައުމާ ދެކޮޅަށް މިފަހަރު ކުޅޭއިރު އެންމެ މުހިންމުކަމަކީ ނިންމާލުން ބަރާބަރު ކުރުންކަމަށެވެ. ދެ ޓީމަށް ބަލާއިރުވެސް ކޮންމެ ޑިޕާޓްމަންޓެއްގައިވެސް ދެ ޓީމުގައިވެސް ވަރުގަދަ ކަންތައްތަކެއް އެބަހުރިކަމށްވެސް ކޯޗު ބުންޏެވެ.

ބައެއް ފަހަރު އަހަރުމެންނަށް 10 ފުރުސަތު ލިބި ދެ ގޯލު ޖެހޭ. ބައެއް ފަހަރު މެޗުތަކުގައި އެބަފެނޭ ބައެއް ޓީމުތަކުން ދެ ފުރުސަތު ލިބި ދެ ގޯލު ޖަހާތަން. މިހެންވީމާ ލިބޭ ފުރުސަތު ރަނގަޅަށް ނިންމާ ބަޔަކަށް އެޑްވާންޓޭޖް އެބަލިބޭ.

އިޝްތިހާރު އިޝްތިހާރު

ފްރާންސްގެ ކޯޗު ބުންޏެވެ.

އެންމެ ފަހުގެ ދެ މުބާރާތުގެ ފައިނަލަށް ވެސް ފްރާންސް ގެންގޮސްދިން ކޯޗު ބުނީ ދަ 16ގައި ފްރާންސުން ބަލިކުރި ޕެރަގުއޭއާ އަޅާ ބަލާއިރު މޮރޮކޯ އަކީ ހުރިހާ ގޮތަކުންވެސް މޮޅު ޓީމެއްކަމަށެވެ.

އެމީހުންގެ މޮޅު ކުޅުންތެރިން އެބަތިބި. އެމީހުން އެ ތިބީ ހަމައެކަނި ކުޅެލާކަށް ނޫން. އެ މީހުން އެ ތިބީ މޮޅުވާން. އަހަރުމެން ޖެހޭނެ ތައްޔާރުވާން ވަރަށް ރަނގަޅަށް.

ފްރާންސްގެ ކޯޗު ބުންޏެވެ.

މިރޭ މޮރޮކޯއާއި ފްރާންސް ބައްދަލުކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން އެކެއް ޖަހާއިރުއެވެ.