ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްބާޕޭގެ ދެ ގޯލާއެކު ސްވިޑެން ބަލިކޮށް ފްރާންސް ގަދަ 16އަށް ދަތުރުކޮށްފި

2026 06 30T224423Z 1957427251 UP1EM6U1R5YM2 RTRMADP 3 SOCCER WORLDCUP FRA SWE
TTH_Ads
Maldivian_Ads
STO_Ads
Advertisement

ސްވިޑެން 3-0 އިން ބަލިކޮށް، ފްރާންސް ގަދަ 16 ކަށަވަރުކޮށްފިއެވެ.

ކޯނަރެއްގައި ޑެމްބެލޭއަށް ބޯޅަ ޖައްސާލުމުން، އޭރިޔާ ތެރެއިން އެމްބާޕޭއަށް ޖައްސާލުމުން ހަމަޖެހިލާފަ ފޮނުވާލީ ކީޕަރުގެ ދުރުފަޅިއަށެވެ. ދެވަނަ ގޯލް ދެވަނަ ހާފް ފަށައިގެން އަށްވަނަ މިނިޓްގައި ޖެހީ ބާކޯލާއެވެ. އޭނާ އިތުބާރާއެކު ބޯޅަ ފޮނުވާލީ އޮލީސޭ ދިން ހިތްގައިމު ޕާހަކުންނެވެ. ތިންވަނަ ގޯލް އެމްބާޕޭ ޖެހީ 73 ވަނަ މިނިޓްގައެވެ. މިއީވެސް އޮލީސޭ ދިން މޮޅު ޕާހަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ މުބާރާތުގައި އެމްބާޕޭގެ ހަވަނަ ގޯލެވެ.

މިއަދަދަށް މުބާރާތުގައި ދެން ގޯލް ޖަހާފައިވަނީ މެސީއެވެ. އަދި މިމެޗުގެ ދެ އެސިސްޓާއެކު އޮލީސޭ ވެފައިވަނީ 1994 ވަނަ އަހަރަށްފަހު އެއް މުބާރާތެއްގައި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާއަށެވެ. ހަތަރު މެޗުން އޮލީސޭ ވަނީ 5 އެސިސްޓްކޮށްފައެވެ.

HajjCop_ads
Advertisement

މެޗުގައި ސްވިޑެން އަށްވެސް ރަނގަޅު ދެތިން ފުރުޞަތެއް ލިބުނެވެ. 27 ވަނަ މިނިޓްގައި އިސާކް ފޮނުވާލި ބޯޅަ މަތަކުރީ ކީޕަރެވެ. 35 ވަނަ މިނިޓްގައި އެލަންގާ ނަގައިދިން ހުރަސް އިސާކްއަށް ފައި ޖައްސާ ނުލެވުމުން ގޯލަކަށް ބަދަލުކޮށް ނުލެވުނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށްވެސް ސްވިޑެން އަށް ލަނޑެއް ޖަހަން ރަނގަޅު ފުރުޞަތެއް ލިބުނެވެ. އެކަމަކު ޔޯކެރޭޝް ފޮނުވާލި ބޯޅަ ފްރާންސް ކީޕަރު މަތަކުރީއެވެ.

ފްރާންސުން ޖެހި ތިން ގޯލާއެކު މުބާރާތުގައި އެމީހުން ވަނީ 13 ގޯލް ޖަހާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު