ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެކަން ސަރުކާރުން ކަށަވަރުކުރާނެ: ނައިބު ރައީސް

464460 0f3636fe 7 (1)
STO_Ads
TTH_Ads
Advertisement

ދަތުގެ ފަރުވާގެ ދާއިރާއަށް ވުނަކުރުން އިތުރުކޮށް، ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ފަސޭހަކަމާއެކު އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ޔަޤީންކަންދެއްވާފައިވަނީ، ސަރުކާރުން ދެމުންގެންދާ ދަތުގެ ފަރުވާގެ ޚިދުމަތުގެ ރަން ޔޫބީލް ފާހަގަކުރުމަށް، ހޮޓެލް ޖެންގައި މިރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި، ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސްކުރައްވާފައެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިރޭ ދެއްކެވި ވާހަކަފުޅުގައި ދަތުގެ ފަރުވާގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނާއި، މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވާ، އެބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ. ވަކީން ޚާއްޞަ ގޮތެއްގައި މުޙައްމަދު ސަލީމްގެ ނަންފުޅު ފާހަގަކުރައްވައި، ވޭތުވެދިޔަ 50 އަހަރުގެ ދިގު މުއްދަތުގައި، މެދުކެނޑުމެއްނެތި ޞިއްޙީ ދާއިރާއަށް އެބޭފުޅާ ކުރައްވަމުން ގެންދަވާ ޚިދުމަތަކީ، ހުރިހާ އެންމެންނަށްވެސް ރިވެތި ނަމޫނާއެއްކަމަށާއި، އެ ޚިދުމަތަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި އަބަދުމެ ދެމިހުންނާނެ އަގުހުރި ތަރިކައެއްކަމުގައި ސިފަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން، ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި މިފަދަ ޚާއްޞަ ޚިދުމަތްތަކަކީ ހަމައެކަނި މާލެއަށް ބަރޯސާވެފައިވާ ޚިދުމަތްތަކަކަށް ހެދުމުގެ ބަދަލުގައި، އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަކުރާރުކުރެއްވިއެވެ. މިމޭރުމުން ކުރަންޖެހޭ މަސައްކަތްތައް މިވަގުތުވެސް ބާރު ދުވެލީގައި ކުރިއަށްދާކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ ދަތުގެ ފަރުވާގެ ޚިދުމަތަކީ މުޅި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ފެންވަރު މަތީ ޚިދުމަތަކަށް ވެގެންދިއުމުގެ އުންމީދު އައުކުރައްވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ، ސަރުކާރުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ތާރީޚަށް އަލިއަޅުވާލައި އެކުލަވާލާފައިވާ ފޮތް “އިހުން މިއަދާއި ހަމައަށް” އިފުތިތާހުކޮށްދެއްވާފައެވެ. އަދި، ދަތުގެ ފަރުވާގެ އެކި ދާއިރާތަކުން ފުރަތަމަ ޚިދުމަތް ދެއްވަން ފެއްޓެވި ދިވެހި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި އެވޯޑާއި، ރާއްޖޭގައި ޑެންޓަލް ޚިދުމަތް ތަޢާރަފުކުރެއްވި ބޭބޭފުޅުންނަށް ދެއްވި އެވޯޑް ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖޭގެ ދަތުގެ ފަރުވާގެ ތާރީޚުގެ ފޮތް ނެރެދެއްވައިފި

ޤައުމަށް އެންމެ މުހިންމު ކަންކަން ދެނެގަނެގެން އެކަންކަން ކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: ނާއިބު ރައީސް

ކުޅުދުއްފުއްޓާއި އައްޑޫގައިވެސް އައިނު ފިހާރަ ހުޅުވާނީ

ދޮޅުމަސްތެރޭ ސަރުކާރުން ހިލޭ 2000 އައިނު ހައްދައިފި