ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްކަންދޭ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއާއި ބަންގްލަދޭޝުން މަޝްވަރާކޮށްފި

HS1 kSnaoAAcMyD
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނާ ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެމެރިކާގެ ނިއުޔޯގައި މިހާރު ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ދެބޭފުޅުން ބައްދަލުކުރައްވައި ވަނީ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ. މި ބައްދަލުވުމުގައި، އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަޙްމާން ހަވާލުވެވަޑައިގަތުމާ ގުޅިގެން، ނައިބު ރައީސް އެކަމަށް މަރުޙަބާ ދެންނެވިއެވެ. މީގެ އިތުރުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ނައިބު ރައީސް ހެޔޮއެދުންތައް ފޮނުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސަރަޙައްދީ މި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް އެކުވެރިކަމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން ދެއްކެވި ވާހަކަފުޅުގައި، ނައިބު ރައީސް ވިދާޅުވި ހޫނު މަރުޙަބާއާއި ހެޔޮއެދުންތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި އދ. އާއި ބައިނަލްއަގުވާމީ އެހެނިހެން މައިދާންތަކުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބަންގްލަދޭޝް އްޔާރަށް އޮތްކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާވެސް ބައްދަލުކުރައްވާފައެވެ. މީގެއިތުރުން، ނިއުޔޯކުގައި ހުންނަ އދ.ގެ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއަށް އެ މަނިކުފާޏު ޒިޔާރަތްކުރެއްވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 2H3cT1fLLSg9dY08glQA4sEYJ

އދ.ގެ އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

HSw2j3DXwAAyEAv

މޫސުމީ ބަދަލުތަކަށް ގުޅިގެން މަސައްކަތްކުރުމަށް މުހިންމު މަޝްވަރާތަކެއް

Naib Raees

އަމިއްލަ ނަފްސަށް އިތުބާރުކުރުމާއެކު، އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދެން: ނައިބު ރައީސް

Big kFL03BBZTD9jpNxqDIgnyKnvO

ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ރަޙުމަތްތެރިކަން ދަމަހައްޓަމުންދާ ދެ ޤައުމު: ނައިބު ރައީސް