މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއާއި، އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ)އާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދަވާފައިވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޝްއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. އެ ދެބޭފުޅުން ބައްދަލުކުރެއްވީ އެމެރިކާގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި އދ. އާއި ރާއްޖެއިން ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

.@antonioguterres met with Mr. Hussain Mohamed Latheef, Vice President of the Maldives.

They discussed the devastating impacts of climate change and the UN's commitment to work with the Maldives on addressing these impacts.

un.org/sg/en/content/…

 

އިޝްތިހާރު އިޝްތިހާރު

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ބޮޑަށް މަޝްވަރާކުރައްވާފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ލިބެމުންދާ ގެއްލުންތަކާ ގުޅޭގޮތުންނެވެ. އެގޮތުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ބައިނަލްއަގުވާމީ ގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީ ހޯދުމާއި ގުޅޭގޮތުން މީގެ ކުރިން އދ. ގެ ސެކްރެޓަރީ ޖެނެރަލާއި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާ ގުޅިގެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސިޑްސްގެ ޤައުމުތަކުގެ މައްސަލަތަކަށް ވަކާލާތުކުރުމުގައި އދ. އިން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި ވަނީ މިހާރު ބައިނަލްއަޤްވާމީމައިދާނުގައި ހިނގަމުންދާ ކަންކަމަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޚައްޞަކޮށް ފަލަސްތީނުގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކަށް މަޝްވަރާކުރެއްވިއެވެ.