ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަންނަ ނޮވެންބަރު މަހަށް ނިމޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ

Igmh
STO_Ads
TTH_Ads
Advertisement

ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢު، ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމައިލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

އަދި އެމްޑީޕީ ސަރުކާރުތަކުން އެ ސްކޫލުގެ ދަރިވަރުންނާމެދު އަމަލުކޮށްފައިވަނީ ވަރަށް އިހުމާލުކޮށް، ރެފިއުޖީންތަކެއް ފަދައިންކަމަށް ވަޒީރު ސިފަކުރެއްވިއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށްފަހު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ކުރެއްވި އިތުރު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ފާހަގަކުރައްވައި، އަންނަ ނޮވެންބަރު މަހަށް މަސައްކަތް ނިންމައި، ދެން ފެށޭ ދިރާސީ އަހަރުގައި އެ އިމާރާތުގައި ދަރިވަރުންނަށް ކިޔަވައިދޭން ފެށޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

HajjCop_ads
Advertisement

އެމްޑީޕީގެ ދެ ސަރުކާރުންވެސް ރާއްޖޭގައި އަރަބި އިސްލާމީ ތަޢުލީމު ދޭ ހަމައެކަނި މަދުރަސާއާމެދު އަމަލުކޮށްފައިވަނީ ވަރަށް ހިތްދަތި ގޮތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޢަރަބިއްޔާގެ ކުރީގެ އިމާރާތުން ދަރިވަރުން ނެރެ ބިން އަތުލާފައިވާކަމަށާއި، އޭގެ ފަހުން އެމްޑީޕީގެ ދެވަނަ ދައުރުގައިވެސް އިމާރާތުގެ މައްސަލަތަކާހުރެ ދަރިވަރުން އެކި ތަންތަނަށް ބަދަލުވާން މަޖުބޫރުވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކުދިން އެކި ތަންތަނަށް ބަހަމުންގެންދިޔައީ މިހާރު ސައުދީ އެމްބަސީ ހުރި އިމާރާތަށާއި، ވެލާނާގެ ކައިރީގައި ހުރި ދަރުމަވަންތަ ސްކޫލު ހިންގި އިމާރާތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގައި އަރަބި އިސްލާމީ ތަޢުލީމު ދޭ ދެ މަދުރަސާއެއް ހިންގަމުންދިޔައެވެ. އެއީ ޢަރަބިއްޔާގެ އިތުރުން ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ނިޒާމީ ބަޔެވެ. ނަމަވެސް އެ ބައި އުވައިލެއްވުމަށްފަހު، އަމީނިއްޔާ ސްކޫލު ކުރިމަތީގައި ޢަރަބިއްޔާގެ އައު އިމާރާތެއް އެޅިއެވެ. އެ އިމާރާތް ބޭނުންކުރަން ފެށިތާ ދިހަ ވަރަކަށް އަހަރު ނުވަނީސް ހަލާކުވުމުގެ ސަބަބުން، ދަރިވަރުންނަށް އަނެއްކާވެސް އެ އިމާރާތް ދޫކޮށް ނުކުންނަން ޖެހުނެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ޢަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ކަނޑައެޅީ ބާ ޖަމާލުއްދީން ހުރި ބިމުގައެވެ. އެއީ ޖާގައިގެ ގޮތުން ކުޑަ ބިމެއްކަމަށް ބެލެނިވެރިން ފާހަގަކުރި ނަމަވެސް، އެ ނިންމުން ބަދަލުކޮށްފައެއް ނުވެއެވެ. ނަމަވެސް، ރައީސް ޑޮކްޓަރ މުޙައްމަަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، އެ ބިމަށްވުރެ ޖާގައިގެ ގޮތުން އެތައް ގުނައެއް ތަނަވަސް ތިންސަތޭކަ އަށްޑިހަ ހައެއް ނަންބަރު ކޮށީގައި ޢަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ހަމަޖައްސަވައި، އެ މަސައްކަތް މިހާރު ވަނީ އަމަލީގޮތުން ފައްޓަވައިދެއްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister Ismail

އެއްވެސް އުޒުރެއް ނެތި ދަރިވަރުން ސްކޫލަށް ނުދާނަމަ މިހާރު ފިޔަވަޅު އަޅާނެ: ޑރ. އިސްމާއީލް

43

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުމަކީ ގާނޫނާ ޚިލާފު ކަމެއް: ވަޒީރު

ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ: ޑރ.އިސްމާޢީލު

990

މާލޭގެ ސްކޫލްތަކުން ވޭޕް ފެންނަ އަދަދު މަދުވެއްޖެ: އެޑިޔުކޭޝަން މިނިސްޓަރު