ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްވެސް އުޒުރެއް ނެތި ދަރިވަރުން ސްކޫލަށް ނުދާނަމަ މިހާރު ފިޔަވަޅު އަޅާނެ: ޑރ. އިސްމާއީލް

minister Ismail
ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު
TTH_Ads
STO_Ads
Advertisement

އެއްވެސް އުޒުރެއް ނެތި ދަރިވަރުން ސްކޫލަށް ނުދާނަމަ ހަރުކަށި ފިޔަވަޅު އަޅަން ސްކޫލްތަކަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރު ދުވާލަކު 8،000 ކުދިން ސްކޫލަށް ހާޒިރުނުވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށް ޝަފީއު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ޝަފީއު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.

“ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 ޕަސެންޓަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން. ސްކޫލަށް ހާޒިރު ނުވެ، ފިލާވަޅުތައް ގެއްލޭނަމަ ނަތީޖާއަށް އަސަރު ކުރާނެ.” ކީސްޓޭޖް-3 2025 ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޝަފީއު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވީ ދަރިވަރުންގެ ހާޒިރީ ކަންތައް މިނިސްޓްރީން އެންމެ ފުރަތަމަ ވެސް ބަލަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ޕީޕީއެމް ސަރުކާރުގައި ކަމަށާއި އޭގެ ފަހުން އައި އެމްޑީޕީ ސަރުކާރުން އެކަންތައް ދޫކޮށްލައިގެން ތިބި ކަމަށެވެ.

އެޓެންޑެންސް ޕޮލިސީއެއް އޮންނައިރު، ދަރިވަރުންގެ އެޓެންޑެންސް ސްކޫލްތަކުން މިނިސްޓްރީއާ ހިއްސާކުރަން ޖެހޭ ގޮތަށް އޮތް ނަމަވެސް ގަވައިދުން އެކަން ނުކުރާކަން ޝަފީއު ފާހަގަކުރެއްވިއެވެ.

“އެކަމަކު މިއަހަރު ޖޫން މަހުގެ ތެރޭގައި އަޅުގަނޑުމެން ކުރިން ކުރި މަސައްކަތްތަކަކާ އެކުގައި ސްކޫލްތަކުން މިހާރު މަޖުބޫރުވާނެ ކޮންމެ ދުވަހެއްގެ އެޓެންޑެންސް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވަން ޖެހޭނެ. އެ ފޮނުވުމުގެ ތެރެއިން އަޅުގަނޑުމެންނަށް ދެނެގަނެވުނީ ފުދޭވަރަކަށް ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާކަން.” ޝަފީއު ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަންނަ ނޮވެންބަރު މަހަށް ނިމޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ

43

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުމަކީ ގާނޫނާ ޚިލާފު ކަމެއް: ވަޒީރު

ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ: ޑރ.އިސްމާޢީލު

990

މާލޭގެ ސްކޫލްތަކުން ވޭޕް ފެންނަ އަދަދު މަދުވެއްޖެ: އެޑިޔުކޭޝަން މިނިސްޓަރު