ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުމަކީ ގާނޫނާ ޚިލާފު ކަމެއް: ވަޒީރު

43
TTH_Ads
STO_Ads
Advertisement

ތައުލީމީ މުއައްސަސާތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަންތައް އުފެއްދުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށާއި، އިސްކަންދަރު ސްކޫލްގެ ނަމުގައި އުފައްދާފައިވާ ޔޫނިއަން ބަލައިނުގަންނާނެ ކަމަށް ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޔޫނިއަން ރަޖިސްޓްރީކުރުމާ ގުޅޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ މުއައްސަސާއެއްގެ ނަމަކާ އޮޅުން އަރާފާނެ ފަދަ ނަމެއް ޔޫނިއަނަކަށް ނުކިޔޭނެއެވެ. މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސްކޫލްތަކަކީ އާއްމު ކުންފުނިތަކާ ހިލާފަށް ހާއްސަ ސިފަތަކަކާއި ހިފެހެއްޓުންތަކެއް ލިބިފައިވާ ތަންތަން ކަމަށެވެ. އެހެންކަމުން ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަމްބަރަށް ރިއާޔަތްކޮށް، ވަކި ސްކޫލެއްގެ ނަން ބޭނުންކޮށްގެން ޔޫނިއަނެއް އުފެއްދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިސްކަންދަރު ސްކޫލްގެ ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނާނެކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އެންގެވީ ވުޒާރާގެ އިރުޝާދުގެ ދަށުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ޔޫނިއަން ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށް ވުޒާރާއިން ނުދެކޭތީ، އެ މައްސަލަ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މެންބަރު މައުރޫފް ފާހަގަކުރެއްވި ގޮތުގައި އެ ޔޫނިއަން މިދިޔަ ޖެނުއަރީ މަހު ދާހިލީ ވުޒާރާގައި ރަޖިސްޓްރީކޮށްދީފައިވީ ނަމަވެސް، ވަޒީރު ވިދާޅުވީ ސަރުކާރުގެ އިދާރާއަކުން ރަޖިސްޓްރީކުރި ނަމަވެސް އެކަށީގެންވާ ވަރަށް ބަލައިލުމެއް ނެތި އެކަން ކުރެވިފައިވާ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

ސަރުކާރުން ޓީޗަރުންގެ ހައްގުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިހާރު ވެސް ޓީޗަރުންނާ ގުޅޭ މައްސަލަތަކުގައި މުއާމަލާތުކުރުމަށް ފުރިހަމަ ޕްލެޓްފޯމްތައް ގާއިމުވެފައި ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަކިވަކި ސްކޫލްތަކުގެ ނަމުގައި ޔޫނިއަންތައް އުފައްދައިގެން ޓީޗަރުންގެ ތެރޭގައި ބައިބައިވުން އުފެއްދުމަކީ ސަރުކާރުން ތާއީދުކުރާ ކަމެއް ނޫން ކަމަށް ވަޒީރު ތަކުރާރުކޮށް ވިދާޅުވިއެވެ. އެހެންނަމަވެސް ސްކޫލްތަކުގެ ތެރޭގައި ޓީޗަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަބަދުވެސް ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ: ޑރ.އިސްމާޢީލު

117

އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލްގައި 100އަށްވުރެ ގިނަ ގަސް އިންދައިފި

school

މިއަހަރުގެ ކިޔެވުން ނިމި ރިޕޯޓް ފޯމް ދޭނީ އަންނަ ބުރާސްފަތި ދުވަހު