ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤުރްއާން އެސްއެސްސީ އިމްތިޙާނު ބާއްވަން ތައްޔާރުވެއްޖެ

TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޤުރްއާން އުނގަންނައިދިނުން ހަރުދަނާކުރުމުގެ ގޮތުން، 2027 ވަނަ އަހަރުން ފެށިގެން ޤުރްއާން މާއްދާގެ އެސްއެސްސީ އިމްތިޙާނު ބޭއްވުމުގެ ފަހުގެ ތައްޔާރީތައް ސަރުކާރުން ފަށައިފި އެވެ.

މި އިމްތިޙާނަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން، މިހާރުއްސުރެ ޚާއްޞަ ތައްޔާރީތަކެއް ވާން ވަނީ ފަށައިފަ އެވެ. އެގޮތުން، މިއަހަރުގެ ދެވަނަ ޓާމް ޓެސްޓު ނިމުމަށް ފަހު، ނޮވެމްބަރު މަހު ޕައިލެޓް ޓެސްޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޕައިލެޓް މަރުޙަލާގައި ބައިވެރިކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 10 ސްކޫލެއް ވަނީ ހޮވައިފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ޕައިލެޓް މަރުޙަލާއަށް ހޮވާފައިވާ ސްކޫލުތަކަށް ފޮނުވާފައިވާ އުޞޫލުގައިވާ ގޮތުން، ޓޮޕް ޓެންގެ ވަނަތަކުން ޖާގަ ލިބޭނީ ވެސް މި އިމްތިޙާނުން ފާސްވެގެންނެވެ.

HajjCop_ads
Advertisement

ޤުރްއާން މާއްދާއިން އެސްއެސްސީ އިމްތިޙާނު ނެގުމުގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެށި މަސައްކަތެކެވެ. ނަމަވެސް، 2018 ގައި އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު މި އިމްތިޙާނު ނުބޭއްވުމަށް މަސައްކަތްތަކެއް ކުރިއަށް ގެންދިޔައެވެ.

އެދުވަސްވަރު އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖްލިސް ބައެއް މެންބަރުގެ އެހީގައި، މި އިމްތިޙާނު ނުބޭއްވުމަށް އެދި 300 ބެލެނިވެރިންގެ ޕެޓިޝަނެއް ހުށަހެޅި އެވެ. އެއާއެކު، އެސްއެސްސީ ޤުރްއާން އިމްތިޙާނު ބޭއްވުމަށް އެދި 1,000 ބެލެނިވެރިންގެ ސޮޔާ އެކު އެއަށްވުރެ ބޮޑު ޕެޓިޝަނެއް ހުށަހެޅި އެވެ. ނަމަވެސް، އޭރުގެ އެމްޑީޕީ ސަރުކާރުން 1,000 ބެލެނިވެރިންގެ އެދުމަށް އިޖާބަދިނުމުގެ ބަދަލުގައި، އިސްކަންދިނީ 300 ބެލެނިވެރިންގެ ޕެޓިޝަނަށެވެ. އަދި ޤުރްއާން ޓީޗަރުން ތަމްރީނުކޮށް، ސްކޫލުތަކަށް މުދައްރިސުން ހަމަކުރުމަށްޓަކައި ކަމަށް ބުނެ އެއް އަހަރަށް އިމްތިޙާނު ފަސްކުރި ކަމަށް ބުންޏެވެ.

އެހެންނަމަވެސް، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް، ޤުރްއާން މުދައްރިސުން ތަމްރީނުކުރުމުގެ އެއްވެސް ޢަމަލީ މަސައްކަތެއް ކުރިއަށް ނުގެންދިއުމުގެ އިތުރުން، ޤުރްއާން މާއްދާގެ އެސްއެސްސީ އިމްތިޙާނު ވެސް ބޭއްވިފައެއް ނުވެ އެވެ.

މި މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރު ޤުރްއާން އެސްއެސްސީ އިމްތިޙާނު އަލުން ބާއްވާނެކަން އިޢުލާނު ކުރައްވައިފަ އެވެ. އެއާއެކު، މިހާރު ވަނީ އޭގެ ޢަމަލީ މަސައްކަތުގެ މުޅިން ނިމި، 2027 ވަނަ އަހަރު ރަސްމީކޮށް އިމްތިޙާނު ބޭއްވުމުގެ ފަހު މަރުޙަލާއަށް ވާސިލްވެފަ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20261011

ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުން ބާއްވައިފި

ޤުރްއާން މުބާރާތުން، 1ވަނަ އަށް ރައީސް ދެއްވާ ޚާއްޞަ ސްކޮލަރޝިޕުގެ އުސޫލު އާންމުކޮށްފި

naib raees

ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިއްބަވާ: ނައިބު ރައީސް

ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިން ރާއްޖެ އަތުވެއްޖެ