ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުން ބާއްވައިފި

Main 20261011
TTH_Ads
STO_Ads
Maldivian_Ads
Advertisement

ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުން ހިންގި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރުން ދަސްވެނިވެ، އެ ދަރިވަރުންނަށް ސަނަދު ދީފިއެވެ. މި ދަސްވެނިވުން ފާހަގަކުރުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ފަހަރު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި 64 ދަރިވަރުންނާއި، ޑިޕްލޮމާ ކޯސް ފުރިހަމަކުރި 49 ދަރިވަރުންނެވެ.

ޖަލްސާގައި ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްޙަކީމެވެ. އަދި ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނާއި، ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދެވެ.

HajjCop_ads
Advertisement

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޤުރްއާން އުނގެނުމާއި ޤުރްއާނަށް ޚިދުމަތް ކުރުމަކީ ވަރަށް މަތިވެރި ޝަރަފެއް ކަމަށެވެ. އަދި ޤުރްއާން އުނގަންނައިދިނުމުގެ މަގު ޚިޔާރުކުރި ކޮންމެ މީހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ޝަރަފާއި މާތްކަން ދެއްވާނެކަން ފާހަގަކުރައްވައި، ދަސްވެނިވި ދަރިވަރުން ހޯދި ޢިލްމީ ކާމިޔާބީއަށް ވަޒީރު ތަހުނިޔާ ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ދަސްވެނިވުމަކީ ކީރިތި ޤުރްއާނުގެ ތަޢުލީމު ހަރުދަނާކޮށް، ކުރިއަށް އޮތް ޖީލުތަކަށް ޞައްޙަ މަގުގައި ޤުރްއާނުގެ ޢިލްމު ފޯރުކޮށްދޭނެ ޤާބިލު މުދައްރިސުން ބިނާކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން، މިއީ ރާއްޖޭގައި އިސްލާމީ މަތީ ތަޢުލީމު ފުޅާކުރުމަށާއި، މުޅި ރާއްޖޭގައި ޤުރްއާން އުނގަންނައިދިނުމުގެ ޤައުމީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤުރްއާން މުބާރާތުން، 1ވަނަ އަށް ރައީސް ދެއްވާ ޚާއްޞަ ސްކޮލަރޝިޕުގެ އުސޫލު އާންމުކޮށްފި

naib raees

ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިއްބަވާ: ނައިބު ރައީސް

ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިން ރާއްޖެ އަތުވެއްޖެ

ޤުރްއާން އެސްއެސްސީ އިމްތިޙާނު ބާއްވަން ތައްޔާރުވެއްޖެ