ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓްގައި ނެތްފަދަ ފީޗާއެއް މިމަހު ސްވައިޕަށް ތަޢާރަފްވާނެ: ޝަރީފް

bml
STO_Ads
Maldivian_Ads
TTH_Ads
Advertisement

ސްވައިޕް ވާނީ ދިވެހިން ރާއްޖެއިން ބޭރަށް ގޮސް ކާޑާއި ނުލައި ފައިސާ ދައްކަން ބޭނުންކުރެވޭނެ ވޮލެޓަކަށްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސްވައިޕް ލޯންޗްކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

ސްވައިޕަކީ، ދިވެހީން އުފައްދައި ތަރައްޤީ ކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ، ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަޤުވާމީ ޝަރުތުތަކާއި، މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.

ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

HajjCop_ads
Advertisement

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ސްވައިޕް ފަރުމާކޮށްފައި ވަނީ ރާއްޖެއިން ބޭރުން ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކަށް ހިލޭ ފައިސާ ގެނެވޭގޮތަށްކަމަށެވެ. ސްވައިޕް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް އެ ބޭންކުން ކުރަމުން އަންނަކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓްގައި ނެތްފަދަ ފީޗާއެއް މިމަހު ސްވައިޕަށް ތަޢާރަފްކުރާނެކަން ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން މިހާރު ރާއްޖޭގައި މި ބޭނުންކުރާ އެއްވެސް ވޮލެޓެއްގައި ނެތްފަދަ ރަނގަޅު ފީޗާއެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޖުލައި މަހުގެ ތެރޭގައި ތަޢާރަފްކުރާނަން. އެހެންވީމަ އޭގެ ސަބަބުން ލިބިގެންދާނެ ފަސޭހަތަކަކީ ރާއްޖެއިން ބޭރުގައި ހުރެގެން އިނގިރޭސިވިލާތުގައި ހުރެގެން މިސާލަކަށް ފައިސާ ޖަމާކުރައްވަންޏާ އެތަނުގެ ލޯކަލް ޕޭމަންޓެއްހެން ވަގުތުން އިންސްޓަންޓްކޮށް ޖަމާވެގެންދިއުން.” ސީއީއޯ ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، ސްވައިޕް ވާނީ ދިވެހިންނަށްވެސް ރާއްޖެއިން ބޭރަށް ފައިސާ ދައްކަން ކާޑާއި ނުލައި ބޭނުންކުރެވޭނެ ވޮލެޓަކަށްކަމަށެވެ. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުންވެސް އެ ވޮލެޓެއް ބޭނުންކޮށްގެން ރާއްޖެއަށް ފައިސާ ދައްކަން އެންމެ މަޤްބޫލު ވޮލެޓަށް ހެދުމަކީ އެ ބޭންކުގެ އަމާޒެއްކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ފަރާތްތަކަށް އިންސްޓަންޓްކޮށް އެއްވެސް ޚަރަދަކާއި ނުލައި ވަގުތުން ފައިސާ ގެނެވޭނެ ނިޒާމަކަށް ސްވައިޕް ވާނެކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި