ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Io
TTH_Ads
Maldivian_Ads
STO_Ads
Advertisement

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ޤައުމީ ފެންވަރުގައި ބާއްވާ ވަރަށް ޚާއްސަ މަހާސިންތާއެކެވެ.

މި މަހާސިންތާގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ޒުވާން ޚަޠީބުންގެ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދުކޮށްފައިވާ ޙާފިޡުންނަށާއި، މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށްވެސް މި މަހާސިންތާގައި ބައިވެރިވެވޭނެކަމަށް ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. މަހާސިންތާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ވަނީ އަންގަވާފައެވެ.

މި ޚާއްސަ މަހާސިންތާއަށް މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚު ޑޮކްޓަރ ޔާސިރް އައްދައުސަރީއަށް ވުޒާރާއިން ވަނީ ރަސްމީކޮށް ދަޢުވަތު އަރުވާފައެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ، މިއީ ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގައި އިސްދައުރެއް އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޡުންނަށް ނުހަނު މުހިންމު މުނާސަބަތަކަށް ވެގެންދާނެ ކަމަށެވެ.

HajjCop_ads
Advertisement

އިސްލާމީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މިވަގުތު ތަމްރީނުވެފައިވާ ޒުވާން ޚަޠީބުންގެ އަދަދު ވަނީ 621 އަށް އަރާފައެވެ. އަދި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ އަދަދު 310 ގައި ހުރިކަން އެ ވުޒާރާއިން ހާމަކުރައްވައެވެ. މިއީ ޤައުމީ ފެންވަރުގައި އިސްލާމީ ޝަޚުޞިއްޔަތު ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުތަކަށް ލިބެމުންދާ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

މާލެ އަތޮޅުގެ ރަށްތަކުގައި ނަސޭޙަތުގެ ބޯޑުތައް ހަރުކުރަން ފަށައިފި

އެންމެ ބޮޑު މިސްކިތް ބިނާކުރާ ބިން ހަވާލުކޮށްފި، ބިންގާ އެޅުން މާދަމާ

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަޤްވާމީ ކޭމްޕެއް ރާއްޖޭގައި ފަށައިފި

988

އިސްލާމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢުދީއާ ދެމެދު މަޝްވަރާކުރައްވައިފި