ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ޑޮލަރުގެ މައްސަލައިގެ އަސްލަކީ ރައީސް ނަޝީދުގެ ސަރުކާރުން ގެނައި ބަދަލު ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ

Io
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑޮލަރުގެ ރޭޓަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެން ޒިޔާދު ވަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މަތީގައި ހުރުމާ ގުޅިގެންނާއި، ޑޮލަރުގެ އަގު ހެޔޮވާނީ ކޮން އިރަކުންތޯ މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، 2008 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރުން ޑޮލަރު މާރުކުރާ ރަސްމީ ރޭޓު 10 ރުފިޔާއާއި 15 ރުފިޔާއާ ދެމެދުގެ ބޭންޑަކަށް ބަދަލުކުރުމަކީ މިއަދު ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތިތަކުގެ ފެށުން ކަމަށެވެ. އެގޮތުން އޭރު ގެނައި ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް އަދިވެސް ސަލާމަތް ނުވެވިގެން އުޅޭކަމަށް މިނިސްޓަރު ތަކުރާރުކުރެއްވިއެވެ.

ޑޮލަރުގެ މައްސަލައިގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލުކުރި ގޮތަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި މާލިއްޔަތު ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރުމަކީ ބޭރު ފައިސާގެ އަގު އުފުލިގެން ދިޔަ މައިގަނޑު އެއް ސަބަބުކަން އޭނާ ފާހަގަކުރެއްވި އެވެ. އެދުވަސްވަރުވެސް އޭގެ ނޭދެވޭ ނަތީޖާއާ މުސްތަގުބަލުގައި ކުރިމަތިލާންޖެހޭނެކަން ހަނދާންކޮށްދެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރުފިޔާ ނަމަވެސް، ކަޅުބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓިފައިވާތީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

minister saeed

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ދިވެހީންގެ 100 ޕަސަންޓު މިލްކެއް، ދޮގު ވާހަކަ ނުފަތުރާ!

Saeed

ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އިންވެސްޓަރުން ގެނައުމަށް އޮނިގަނޑުތައް ހަރުދަނާކުރުން މުހިންމު: ސައީދު

Minister Saeed

އަގުމަގު: ޕޯޓަލްގައި 2،000 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓަރީކޮށްފި