ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓޭޑިއަމް ސަރަހައްދުގައި ހުއްދަނެތި ހަދާފައިވާ ގުދަންތައް ހުސްކުރަން އެފްއޭއެމްއިން ނިންމައިފި

TTH_Ads
STO_Ads
Advertisement

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި، ދައުލަތުގެ އެއްވެސް އިދާރާއަކުން ހުއްދަ ހޯދުމަކާ ނުލައި ގަވާއިދާ ހިލާފަށް އިމާރާތްކޮށްފައިވާ ގުދަންތައް ހުސްކޮށް، އެ ބިން ދައުލަތަށް ނެގުމަށް ބޭނުންވާ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ “ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑް” (ކާވިއާ، 9 ވަނަ ފްލޯ، މާލެ) ނަމަކަށް ކިޔާ ކުންފުންޏަކާ ގުޅުންހުރި މައްސަލައެކެވެ. އެ ކުންފުނިން ސްޓޭޑިއަމް ސަރަހައްދުގެ 2,700 އަކަފޫޓުގެ ބިމެއްގައި ޑެކް އަޅައިގެން ދެބުރިއަށް އިމާރާތްކޮށްފައިވަނީ ޖެނުއަރީ 2023 އިން ފެށިގެން 25 އަހަރުގެ މުއްދަތަށެވެ.

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި، ދައުލަތުގެ އެއްވެސް އިދާރާއަކުން ހުއްދަ ހޯދުމަކާ ނުލައި ގަވާއިދާ ހިލާފަށް އިމާރާތްކޮށްފައިވާ ގުދަންތައް ހުސްކޮށް، އެ ބިން ދައުލަތަށް ނެގުމަށް ބޭނުންވާ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

HajjCop_ads
Advertisement

މި އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދުގައި ހުރި ކުނިތަކެއް އުކާލުމުގެ މުގާބިލުގައި، 1.8 މިލިއަން ރުފިޔާގެ އަގަށްވާ ގޮތަށް، އެއްވެސް ކުއްޔަކާ ނުލައި 25 އަހަރަށް އެ ބިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، އެފްއޭއެމް އިން ބުނި ގޮތުގައި ކުނި އުކުމާ ގުޅޭގޮތުން އެފްއޭއެމް އާއި އެ ކުންފުންޏާ ދެމެދު އެއްވެސް ރަސްމީ އެއްބަސްވުމެއް ހެދިފައެއް ނުވެއެވެ.

އިތުރަށް އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އިމާރާތް ކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި މާލޭ ސިޓީ ކައުންސިލް ފަދަ ކަމާބެހޭ އެއްވެސް އިދާރާއެއްގެ ހުއްދައެއް ނުވަތަ ކުރެހުމެއް ފާސްކުރުމަކާ ނުލައިކަން ލިޔެކިޔުންތަކުން އެނގެން އެބައޮތެވެ. އަދި މިކަން މިނިސްޓްރީންނާއި ސިޓީ ކައުންސިލުން އެފްއޭއެމްއަށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ބިމަކީ ކުރިމަގުގައި ފުޓްބޯޅަ ދަނޑު އެޅުމަށް ކަނޑައަޅާފައިވާ ބިމަކަށް ވާތީ، އެ ބިން ހުސްކުރުމަށްޓަކައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް އެފްއޭއެމްގެ އެކްސްކޯގެ 14 ވަނަ ބައްދަލުވުމުން މިހާރު ވަނީ ނިންމާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FAM TOM

ފުޓުބޯޅަ ލާމަރުކަޒީކޮށް ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތަކެއް ގާއިމްކުރަނީ

ފުޓްސަލް ކުރިއެރުވުމަށް އެފްއޭއެމްއިން ކްލަބް މޯލްޑިވްސްއާއެކު އެއްބަސްވުމަކަށް

އެފްއޭއެމް އިން މި އަހަރަށް 48 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

Aqeel

އެފްއޭއެމްގެ ހިޔާނާތުގައި ދައުވާކުރާ މުހައްމަދު އަގީލް ބެންކޮކުން ހައްޔަރުކޮށްފި