ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 3 ވާ ބުދަ ދުވަހުގެ ރޭ 20:42 އެހާކަންހާއިރުއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް، ހުވަނދުމާ ހިނގުމަށް އަޅަން އުޅުމުގެ ތެރޭގައި އެ ވަގުތު ނިރޮޅުމަގުން ދަތުރުކުރި ކާރުގައި ޖެހިގެން ކަމަށެވެ.
މި ހާދިސާގައި ސައިކަލް ދުއްވަން އިން 36 އަހަރުގެ ދިވެހި އަންހެނަކަށް ވަނީ އެކިވަރުގެ ކުދި އަނިޔާތައް ލިބިފައެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި އިތުރު ސަބަބުތައް ބަލައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ









ކިޔުންތެރިންގެ ހިޔާލު