ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތު: ޚުޠުބާ

hukuru khuthuba
TTH_Ads
STO_Ads
Advertisement

މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތު ކަމަށާއި ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ނެތިވެ، ފަޤީރުކަން އިތުރުވެ، އިޤުތިޞާދުގެ ތަނބުތައް ފުނޑުފުނޑުވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި މަޢުޟޫއަކީ “ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން” އެވެ.

ކޮރަޕްޝަނަކީ މަޤާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެކެވެ. ޚުޠުބާގައި ވިދާޅުވީ ތިމާއާ ޙަވާލުވެވިފައިވާ މަސްއޫލިއްޔަތާއި ޒިންމާއަކީ، އެއާ މެދު ތިމާއާ ސުވާލުވެވޭނޭ އަމާނާތެއް ކަމަށެވެ. ތިމާގެ ނުފޫޒު އަމިއްލަ އެދުމަކަށް ޓަކައި ބޭނުންކުރުމަކީ، ޚިޔާނަތްތެރި ޢަމަލެއްކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

“އިންސާނާގެ ފިޠުރަތުގައި އަމާންކަމާއި، ސަލާމަތްތެރިކަމާއި މިނިވަންކަމާއި ޢަދުލުވެރިކަމާއި އިންސާފަށް ލޯބިކުރުން ލައްވައިފައިވޭ. ކޮރަޕްޝަނަކީ އިންސާނާގެ ފިޠުރަތު އެ ކަމަށް ނުރުހޭ، އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް. މިއީ ބިން ފަސާދަކުރާ، ސަލާމަތްބުއްދިއާ ފުށުއަރާ، ނަފުސުގެ ޢިއްޒަތް ފޭރިގަންނަ ދަށު ދަރަޖައިގެ ޢަމަލުތަކެއް. މިއީ އިލާހީ ކޯފާއަށް ހުށަހެޅޭ، ބޮޑުވެގެންވާ ފާފައެއް.” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތުކަމަށެވެ. ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލުކަމެއް ޙައްޤުކަމަކަށްހެދުމަށް ދެވޭ ކޮންމެ އެއްޗެއް ކަމަށެވެ. ރިޝްވަތުދިނުމާއި، ރިޝްވަތުގައި ހިފުމަކީ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެއްކަމަށް ވިދާޅުވިއެވެ.

ކޮރަޕްޝަނުގެ ނުބައި ޢަމަލުތައް މުޖުތަމަޢުގައި ފެތުރިފައިވާ މިންވަރުން، އެއީ ކަން އޮންނަންވީ މަގުކަމުގައި އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް، މިއީ ނުހަނު ނުރައްކާތެރި ކަމެއްކަމަށެވެ. ކިތަންމެ ކުޑަ ނަމަވެސް ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް ޙަވާލުވެފައިވާ މީހުން، ނަހަމަ މަންފާއާ ދުރުހެލިވުމަށާއި، ޒިންމާދާރުކަމާ އެކު ޙައްޤުތައް އަދާކުރުމަށް ވަނީ އަންގަވާފައި ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

“ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މާތް ﷲގެ ކޯފާއާއި އެކަލާނގެ ރަސޫލާގެ ލަޢުނަތް އެ މީހެއްގެ މައްޗަށް ހުއްޓެވެ! އެ ފަދަ މީހަކީ އީމާންކަމުގެ ނޫރު ކަނިވެ، ޙަޔާތް އަބާއްޖަވެރިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނޭ މީހެއް.” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި، ނަފުސުގެ ދަހިވެތިކަން ހިމެނެއެވެ. އެ މީހެއްގެ ނަފުސު މި ނުބައި އަނދަވަޅަށް ވެއްޓުމުން ސަލާމަތްވާން އެދޭ މީހާ، މާތް ނަބިއްޔާގެ މި ބަސްފުޅު އަޑުއަހައި އެއިން ޢިބުރަތްލިބިގަތުމަށް ޚުޠުބާގައިވަނީ ގޮވާލާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru namaadu

އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ދައުލަތާއި ރައްޔިތުންގެ މުދަލާއި ފައިސާ: ޚުޠުބާ

hukuru namaadu

މާތް ﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކަށްވެއްޖެ ނަމަ، ތަނަވަސްކަމާއި ފުދުންތެރިކަން ދެއްވާނެ: ޚުޠުބާ

hukuru khuthuba

ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓަންވާނެ: ޚުޠުބާ