ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި ފޭރުމުގެ ބޮޑު މައްސަލައިގެ ޝަރީޢަތް ފަށައިފި

Io
STO_Ads
TTH_Ads
Maldivian_Ads
Advertisement

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންތަކަކަށް ވަޅިން ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި ދަޢުވާލިބޭ އަށް މީހެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.

އޮކްޓޫބަރު 2025 ގެ 27 ވަނަ ދުވަހުގެ ހަވީރު 4:15 ހާއިރު ހިނގި މި ހާދިސާގައި ފޭރިގަނެފައިވަނީ އެއާޕޯޓުގެ ޓާމިނަލް އެކެއްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ސޫޓްކޭސެކެވެ. ދެ މުވައްޒަފަކު މި ފައިސާ ގެންދަނިކޮށް، ގޭޓް އެކެއްގެ ކުރިމަތިން ވަޅިން ބިރުދައްކައި ފޭރިގަތް މި ސޫޓްކޭސްގައި އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ހިމެނެއެވެ. އޭގެ ތެރޭގައި 106،120 އެމެރިކާ ޑޮލަރާއި، 4،900 ޔޫރޯއާއި، 1،735 ޕައުންޑްގެ އިތުރުން ދިވެހި ރުފިޔާއާއި އެހެނިހެން ގައުމުތަކުގެ ފައިސާ ހިމެނެއެވެ. މި މީހުން ފައިސާ ފޭރިގަތުމަށްފަހު ލޯންޗެއްގައި ކ. ހުރާއަށް ފިލައިގެން ދިޔަ ނަމަވެސް، ފުލުހުން ވަނީ ފަހުން އެ ލޯންޗު ހޯދާފައެވެ.

މި މައްސަލައިގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ ޖުމްލަ އަށް މީހެއްގެ މައްޗަށެވެ. މީގެ ތެރެއިން ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދުގެ މައްޗަށް ފޭރުމުގެ ކުށާއި، ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމުގެ ކުށުގެ އިތުރުން ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ. ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށް ފޭރުމުގެ ކުށާއި ބިރުދެއްކުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވާއިރު، ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު ހިމެނޭހެން ދެން ތިބި ހަ މީހުންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

HajjCop_ads
Advertisement

މި އަހަރުގެ ފެބްރުއަރީ މަހު ކޯޓަށް ހުށަހެޅި މި މައްސަލައިގެ ޝަރީޢަތް މިއަދު ފަށާފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ފޭރުމުގެ އަމަލަށް ވުމާއެކު، މި މައްސަލައިގެ ޝަރީޢަތް ކުރިއަށްދާ ގޮތް ގިނަ ބަޔަކު ދަނީ ގާތުން ބަލަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

criminal court

ކެނަބިސް ޓްރެފިކް ކުރި މީހަކު 14 އަހަރަށް ޖަލަށް ލުމާއެކު 50,000 ރުފިޔާއިން ޖޫރިމަނާކޮށްފި

ނަޝީދަށް ދިން ބޮމުގެ ހަމަލާ: ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި

Saeed

ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ މަންޒަރު ފަތުރައިގެން މާލީ މަންފާ ހޯދި ތިން މީހަކު ޖަލަށްލާން ހުކުމްކޮށްފި

Igmh

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި