ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޭރީ ގްރޭސް މަރާލުމުގެ ކުށް ސާބިތުވެ މާވިން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

988
STO_Ads
TTH_Ads
Advertisement

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލިކަން ސާބިތުވެ، އޭނާގެ ފިރިމީހާ މާވިން އެސްވައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މޭރީ ގްރޭސް މަރާލުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާއިރު، މިއަދު ކުރިއަށްދިޔައީ އަދަބު ކަނޑައެޅުމުގެ މަޖިލީހެވެ. ދައުލަތުން ވަނީ މާވިންގެ ފަރާތުން ފެނިފައިވަނީ ރަހުމެއް އަދި ހަމްދަރުދީއެއް ނެތް އަމަލެއްކަން ފާހަގަކޮށް، ގާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު ދިނުމަށް އެދިފައެވެ. ކޯޓުން ވަނީ ދައުލަތުގެ އެދުމާ އެއްގޮތަށް މާވިން އުމުރަށް ޖަލަށްލުމަށް ނިންމައި ހުކުމް އިއްވާފައެވެ.

މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދަންޖެހިފައިވާކަމަށް ބުނެއެވެ. ނަމަވެސް އޭނާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، މާވިން ހައްޔަރުކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. ތަހުގީގަށް އެނގުނު ގޮތުގައި މޭރީ މަރާލީ މާވިންއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަހްމާންއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން އުފެދުނު މައްސަލަތަކެއްގެ ތެރެއިންނެވެ. މާވިންގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި ހިމެނޭ މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށްވެސް މިއަދު ހުކުމް އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ކުށުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމާއި ހުއްދަ ނުނަގައި ކުރުން މަނާ ކަމެއް ކުރުމުގެ ދައުވާއެވެ. މީގެ އިތުރުން، ޖަލު ބަންދުގައި ހުރެ މާވިން ވަނީ އިސްލާމްދީން ގަބޫލުކޮށް އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިކަންވެސް ފާހަގަކުރެވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް އަރައިފި

Img 20241007 155907 241 850x548

އަމިއްލައަށް ވަކިވާން އެދުނު އެންމެންނަށް ހަތަރު މަހުގެ މުސާރަ ވާނީ ދީފައި، ފަތުރަނީ ދޮގު ވާހަކަތަކެއް: ފެނަކަ

ކޮމިޝަނަރ އޮފް ޕޮލިސް، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

moosun

މިރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަަށް ގުގުރުމާއެކު ވިއްސާރަކުރާނެ: މެޓް އޮފީސް