ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގޫގުލް އިން އައްޑޫގައި ގާއިމުކުރާ ކޭބަލް ލޭންޑިން ސްޓޭޝަނުގެ ޕްރޮގްރާމް މެނޭޖަރުގެ މަގާމަށް ހުޅުވާލައިފި

Igmh
STO_Ads
Maldivian_Ads
TTH_Ads
Advertisement

އައްޑޫ ސިޓީގައި ގޫގުލް ކުންފުނިން ގާއިމުކުރާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި ޓެކްނިކަލް ޕްރޮގްރާމް މެނޭޖަރެއް ހޯދުމަށް އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

ގޫގުލްގެ ފަރާތުން އާންމުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަގާމަށް އައްޔަންކުރާ ފަރާތެއްގެ މައިގަނޑު ޒިންމާއަކީ އިންޑިއާ ކަނޑުގެ ސަރަހައްދަށް ހާއްސަކޮށްގެން ހަދާ ކޭބަލް ލޭންޑިން ސްޓޭޝަނާއި އައުޓްސައިޑް ޕްލާންޓް އޮޕަރޭޝަންސް ގާއިމުކުރުމުގެ އެންމެހާ ކަންކަން ހިންގުމެވެ. އަދި މި މަޝްރޫއުގައި ހިމެނޭ ސަޕްލަޔަރުންނާއި، ކޮންސޯޓިއަމްތަކާއި، އެހެނިހެން ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތައް ވިލަރެސްކުރުމަކީވެސް މި މަގާމުގެ މުހިންމު ދައުރެކެވެ. މީގެ އިތުރުން ސްޓޭޝަން ގާއިމުކޮށް އޮޕަރޭޝަނަށް ގެނައުމާ ހަމައަށް ކޮންސޯޓިއަމްގެ ބައިވެރިންނާއި ޓެލެކޮމް އޮޕަރޭޓަރުންނާއެކު މާލީ އަދި ގާނޫނީ ކަންކަމުގައި ގޫގުލް ތަމްސީލުކުރާނީވެސް މި މެނޭޖަރެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އެންމެ ދަށް ފެންވަރެއް ކަމަށް ކަނޑައަޅާފައިވަނީ މެކޭނިކަލް، އިލެކްޓްރިކަލް ނުވަތަ އިންޑަސްޓްރިއަލް އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމެވެ. މީގެ އިތުރުން ޕްރޮގްރާމް މެނޭޖްމަންޓް ދާއިރާއިން އަށް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމާއެކު، އޮޕަރޭޝަނަލް ފެސިލިޓީތައް ބެލެހެއްޓުމުގެ އަމަލީ ތަޖުރިބާ ހުރުންވެސް ލާޒިމުކުރެއެވެ. މަގާމަށް މީހަކު ހޮވުމުގައި، އިންޖިނިއަރިން މެނޭޖްމަންޓް ނުވަތަ ރިލަޔަބިލިޓީ އިންޖިނިއަރިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، ސަބްމެރިން ކޭބަލް ސިސްޓަމްތައް އޮޕަރޭޓްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

HajjCop_ads
Advertisement

އައްޑޫ ސިޓީގެ ހިތަދޫގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމާފައިވާކަން ގޫގުލްއިން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ ދިވެހިރާއްޖޭގެ މުވާސަލާތީ އޮނިގަނޑު ހަރުދަނާކޮށް، ސަރަހައްދީ ގުޅުންތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫއެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ޓެކްނޮލޮޖީއާއި މުވާސަލާތީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

މަޢުލޫމާތު ހާމަކުރުމުގެ ޤާނޫނުގެ ދަށުން އިސްނަގައިގެން ހާމަކުރަންޖެހޭ މަޢުލޫމާތު އެމްޑަބްލިއުއެސްސީން ޝާއިއުކޮށްފި

WhatsApp Image 2026 09 16 at 20.02.31

ކުޑަފަރީ ސިއްޙީ މަރުކަޒުގެ އާ އިމާރާތް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

WhatsApp Image 2026 09 16 at 16.05.16

ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 16 at 15.11.56

މުރައިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް