ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާގައި: ތަރުޖަމާނު

DSC
STO_Ads
TTH_Ads
Advertisement

ސަރުކާރުގެ އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް މިހާރު އޮތީ އެކަމަށް ފިޔަވަޅު އެޅުމުގެ މަރުހަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުން މަދުކުރުމަށްޓަކައި އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް މިހާރު އޮތީ ނިމުމަކާ ހަމައަށް އައިސްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ވިދާޅުވިއެވެ. މި މަސައްކަތަކީ ސަރުކާރުގެ ބޭނުންތެރިކަމަށް ބަލައި ކަނޑައަޅާފައިވާ ކެޕޭސިޓީތަކަށް ވާސިލުވުމަށް ކުރާ މަސައްކަތެކެވެ. ޚާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، މިހާރު ކުރިއަށްދަނީ މައުލޫމާތުތަކުގެ އަލީގައި ތަންފީޒީ މަސައްކަތްތައް ފެށުމުގެ މަރުހަލާ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކުގެ ދަށުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން ވަނީ މަދުކޮށްފައެވެ. ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ކެބިނެޓުން ނިންމާފައިވާއިރު، މި މަސައްކަތުގެ ތެރެއިން ވަކިކުރަން ޖެހޭ ފަރާތްތައް ވަރަށް އަވަހަށް ވަކިކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިއީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

HajjCop_ads
MMA_Ads
Advertisement

ކުންފުނިތަކުގެ ވަޒީފާތަކުން މީހުން ކަނޑަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަމާޒުކުރާ ފާޑުކިޔުންތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު އިސްކަންދެއްވަނީ ޤައުމަށް އެންމެ މަންފާ ހުރި ގޮތަށް ކަންކަން ބައްޓަންކުރުމަށް ކަމަށެވެ. ޚާއްސަކޮށް ފެނަކަ ކޯޕަރޭޝަން ފަދަ ކުންފުނިތަކަށް ކުރީގެ ސަރުކާރުން ބޭކާރު ގޮތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވާކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އަސަރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވަޒީފާ ދިނުމުގެ ނިޒާމުގައި ހުރި އުނިކަންތައްތައް ރަނގަޅުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގެއްލުނު ޑައިވަރުން ހޯދަން ކުރާ މަސައްކަތަށް އެހީވާން އިޓަލީ ސަރުކާރުން މާހިރުން ފޮނުވަނީ