ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

463010 3d542535 7
STO_Ads
TTH_Ads
Advertisement

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމުގެ މައިބަދަ ކަމަށާއި، އެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބާގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ވިޔަފާރިތަކަކީ ރަށްރަށުގެ ތަރައްގީ އާއި އާންމު ރައްޔިތުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އިގްތިސޯދީ ބާރެވެ. ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށްޓަކައި އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރު ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މޯލްޑިވްސް 2.0 އިނީޝިއޭޓިވްގެ ދަށުން ކުދި ވިޔަފާރިތަކަށް މާލީގޮތުން ބޭނުންވާ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދީ، އެ ވިޔަފާރިތައް ދުނިޔޭގެ ބާޒާރުތަކާ ގުޅާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން ކަލްޗަރަލް ސެންޓަރުތަކާއި ކްރިއޭޓާ ހަބްތައް އަދި އެސްއެމްއީ ޑިޖިޓަލް ފައިނޭންސިން އިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ބައިނަލްއަގްވާމީ ބާޒާރުތަކަށް ރާއްޖޭގެ ވިޔަފާރިތައް ވަނުމަށް މަގުފަހިކުރުމުގެ ގޮތުން އަލިބާބާ އަދި ޕޭޕަލްގެ ހިދުމަތްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ރައީސް މައުލޫމާތު ދެއްވިއެވެ. މިފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ލިބޭ ފުރުސަތުތައް އިތުރުވެ، އެކްސްޕޯޓްކުރުމުގެ ފުރުސަތުތައް ވެސް ފުޅާވެގެންދާނެއެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ. އަދި 2026 އަދި 2027 ވަނަ އަހަރަކީ ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ހާއްސަ އަހަރުތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި، އެ ދާއިރާތައް ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑްރޫ ބާނަމަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

465785 524bad6a 4

އަމާޒަކީ މާލެއަށް މީހުން ތޮއްޖެހޭ ސަބަބުތައް ނައްތާލައި ދެމެހެއްޓެނިވި ސަރަހައްދީ ތަރައްގީ ގެނައުން: ރައީސް

465800 e7e97260 2

މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް މިއަހަރު ދެ ޕާކިން އިމާރާތުގެ މަސައްކަތް ފަށަނީ

465788 0331ff19 0

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ: ރައީސް