ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 710 ޔުނިޓް އިމާރާތްކުރަނީ

BML shareef
TTH_Ads
STO_Ads
Advertisement

ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 710 ހައުސިން ޔުނިޓް އިމާރާތްކުރަން ނިންމާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ހާމަކުރައްވައިފިއެވެ.

”ޕްރެސަރ ވިތު ދަ ސްޕޮކްސް” ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ތަރުޖަމާނު ވިދާޅުވީ ބީއެމްއެެލްއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދަނީ ހުޅުމާލޭގެ ދެ ފިޔަވައްސާއި ވިލިމާލޭގައި ހައުސިން ޔުނިޓުތައް ގާއިމުކުރުމުގެ މަސައްކަތްތައްކަމަށެވެ.

މި މަސައްކަތްތައް ކޮންޓްރެކްޓަރާ ހަވާލުކުރެވި އެއް ޕްރޮޖެކްޓް ފިޔަވައި އެހެން ޕްރޮޖެކްޓްތަކުގެ ޑިޒައިންގެ މަސައްކަތްތައް ނިންމައި އަމަލީ ފެށުމަށް ތައްޔާރުވެފައިވާކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ބީއެމްއެލްގެ ގާބިލުކަން އެބަހުރި އަދި މިއަށްވުރެ އިތުރުކުރަން، މިހާރު މި ހަވާލުކުރެވުނީ 3260 އިމާރާތްކުރަން، އަދި އިތުރު 710 ޔުނިޓް އިމާރާތްކުރަން އެބަ ހަވާލުކުރެވޭ ބޭންކާ، އޭގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްދަނީ ކުރިއަށް، އެހެންވީމަ ނިމޭއިރު ގާތްގަނޑަކަށް 4000 އެއްހާ ހައުސިން ޔުނިޓް އިމާރާތްކުރެވޭނެ،”. ތަރުޖަމާނު

ބީއެމްއެލްއިން ކުރިއަށްގެންދާ ތިން ކޮޓަރީގެ 3260 ހައުސިން ޔުނިޓަކީ ސޯޝަލް ހައުސިން ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންނަށް ދޫކުރެވޭނެ ޔުނިޓްތަކެކެވެ. އެ ފްލެޓްތަކަކީ މިހާރު ކުރިއަށް ގެންދާ އާއިލީ ބޯހިޔާވަހިކަމުގެ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 60،000 ރުފިޔާ އިން ދަށުން އާމްދަނީ ލިބޭ މީހުންނަށް ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތަކެކެވެ. މި ފްލެޓްތައް ދޫކުރާނީ “ރެންޓް ޓު އޯން” މޮޑެލްގެ ދަށުން ބޭންކަށް ކުލި ދައްކާ އެތަނުގައި ދިރިއުޅެ، ވަކި މުއްދަތެއްގެ ތެރެއިން އެ ފްލެޓް އަމިއްލަ ކުރެވޭ ގޮތަށެވެ.

ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައެވެ. އެގޮތުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ. މިހާތަނަށް ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އިމާރާތް ކުރާ 1224 ހައުސިން ޔުނިޓްއާ ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅާފައެވެ.

މި ހުރިހާ ފްލެޓުތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިމޭނެ ކަމަށް ބީއެމްއެލް އިން އަންދާޒާކުރެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 07 21 at 10.03.10

ބޭންކް އޮފް މޯލްޑިވްސްގެ ކޯ ބޭންކިންގ ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީ

988

ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވާސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި

Igmh

ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ކިޔަވާ ލޯނެއް ތަޢާރަފުކޮށްފި

WhatsApp Image 2026 07 15 at 14.50.20

ސްވައިޕްގައި ހިމެނޭ އިންޓަރނޭޝަލް އެކައުންޓް ހުޅުވޭ ގޮތާއި ބޭރުން ފައިސާ ގެނެވޭ ގޮތުގެ ތަފްސީލް ހާމަކޮށްފި