ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީ އޮތީ ބަދަހިކޮށް، އަޅުގަނޑުމެންގެ އަޒުމް ވަރަށް ވަރުގަދަ: ރައީސް

PNC
Maldivian_Ads
TTH_Ads
STO_Ads
Advertisement

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އޮތީ ވަރަށް ވަރުގަދަކަމާއި ބަދަހިކަމާއެކު ކަމަށާއި، ޕާޓީގެ ތެރޭގައި ބައިބައިވުން އުފައްދަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މި ވާހަކަފުޅު ދެއްކެވީ ޕީއެސްއެމް ނިއުސްގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

“މި ގުޅުން ހީނަރު ކުރަން، ބައިބައިކުރަން އެކި ފަރާތްތަކުން މަސައްކަތް ކުރޭ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ނެތް އެ އަޑު އަހާނެ ފަރާތްތަކެއް. އަޅުގަނޑުމެންގެ އަޒުމް ވަރަށް ވަރުގަދަ. އަޅުގަނޑުމެން މިތިބީ ގައުމަށް ހިދުމަތް ކުރުމަށް،” ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ ލީޑަޝިޕްގެ ތެރޭގައި ޚިޔާލުތަފާތުވުންތައް އުޅޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ޕާޓީގެ ތެރޭގައި ހައިޖާނު އުފެއްދުމަކީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް އުންމީދުކުރާ ކަމެއް ކަމަށެވެ. އަދި އެބޭފުޅުންގެ ވެރިކަމުގައި ދެ އަހަރާއި ބައިވީއިރު ޕާޓީ އެތެރެއިން ރޫޅިގެންދިޔަ މަންޒަރު ފެނުނު ނަމަވެސް، ޕީއެންސީގެ ސަރުކާރަށް ދެ އަހަރާއި ބައިވީއިރު ޕާޓީ އޮތީ އެއް ރޫހެއްގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ޕާޓީގެ ލީޑަޝިޕުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސްޓިއަރިން ކޮމިޓީތަކާއި އާންމު މެންބަރުންވެސް މަސައްކަތް ކުރަނީ ވަރަށް އެކުވެރިކަމާއެކީގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސް ވެގެންދާނީ ވަރަށް ކާމިޔާބު ކޮންގްރެސްއަކަށް ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

raees muiz

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި