މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނޮވެމްބަރު 27 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ގައުމީ މަޖިލީހުގެ އިންތިހާބާއި އެ ނޫން ވެސް ބައެއް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ 14:00 ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ
.
ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހެނީ ޕާޓީގެ ޔެލޯ އެޕް މެދުވެރިކޮށެވެ. އެއާ އެކު، ގައުމީ މަޖިލީހުގެ ހުރިހާ މަގާމަކަށް ކުރިމަތިލާ ކެންޑިޑޭޓުން 1,000 ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
މި އިންތިހާބަކީ އެމްޑީޕީން ކޮންގްރެސް ބާއްވައި ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތައް ގެނައި ފަހުން ބާއްވާ ފުރަތަމަ އެތެރޭގެ އިންތިހާބެވެ.











ކިޔުންތެރިންގެ ހިޔާލު