ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ދައުލަތާއި ރައްޔިތުންގެ މުދަލާއި ފައިސާ: ޚުޠުބާ

hukuru namaadu
TTH_Ads
STO_Ads
Advertisement

ޙުޠުބާގައި ވިދާޅުވީ އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާކަމަށެވެ. މިއީ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑުކަމެއް ކަމަށެވެ. ސަބަބަކީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށްވާތީ ކަމަށެވެ.

މިއަދު ހުކުރު ޚުޠުބާގެ މަޢުޟޫއަކީ “އަމާނާތްތަކަށް ރައްކާތެރިވުން” މިއެވެ.

ހަމައެއާއިއެކު ދަރީންނަކީ އަމާނާތެއް ކަމަށާއި، އެ ކުދީންނަށް ހެއު ގޮތުގައި ތަރުބިޔަތު ނުދީފި ނަމަ، އަދި އެ ކުދީންގެ ޙައްޤުތައް އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ، ޙަވާލުކުރެވިފައިވާ އަމާނާތަށް އެވަނީ ޚިޔާނާތްތެރިވެފައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

ހުކުރު ޚުޠުބާގައި ވިދާޅުވީ އަމާނާތުގެ މާނައަކީ ހަމައެކަނި މީސްތަކުންގެ މުދަލާއި ރައްކާކުރާންދޭ ތަކެތި ރައްކާކުރުން އެކަންޏެއްނޫންކަމަށެވެ. އަމާނާތުގައި އެއަށް ވުރެ މާ ތަނަވަސް ފުޅާ މާނައެއް އެކުލެވިފައިވާ ކަމަށެވެ. އެއިގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ޙަވާލުކުރެވިފައިވާ ހުރިހައި ޙައްޤުތަކެއް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

“މާތް الله ތިބާއަށް ދެއްވައިފައިވާ ގުނަވަންތަކަކީ ތިބާއާ ޙަވާލުކުރެވިފައިވާ އަމާނާތެއް. ލޮލަކީ އަމާނާތެއް. އެއިން ޙަރާމް ތަންތަނަށް ނުބަލާށެވެ! ކަންފަތަކީ އަމާނާތެކެވެ. އެއިން ޙަރާމް އަޑުތައް ނާހާށެވެ! ދުލަކީ އަމާނާތެއް. އެއިން މީހުންގެ އަބުރުކަތިލައި، ޣީބަބުނެ، ނެތިމޮށި ނުއުޅޭށެވެ! އަދި ދޮގުހެދުމުން އެ ދޫ ރައްކާތެރިކުރާށެވެ!.” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

މާތް ނަބިއްޔާ ވަނީ އަމާނާތްތެރިކަމަކީ ކިހައި މުހިންމު ކަމެއްކަން އަހަރެމެންނަށް ބަޔާންކޮށްދެއްވާފައެވެ. އަދި އެ އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ޢަލާމާތެއްކަމުގައި އަންގަވައިފައިވާ ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

އަމާނާތްތަކަށް ރައްކާތެރިވުމަކީ ފިރުދައުސޭ ކިޔުނު ސުވަރުގޭގެ ވާރުތަވެރީންގެ ސިފަތަކުގެ ތެރެއިން ސިފައެއްކަމުގައި ލައްވައިފައެވެ. އިސްލާމްދީނުގައި އަމާނާތަކީ ވަރަށް މަތިވެރި، ބޮޑުވެގެންވާ އަދި އެހައިމެ ބުރަދަންހުރި އެއްޗެކެވެ. މުއުމިނެއްގެ އީމާންކަން ފުރިހަމަވާނީ އޭނާއަކީ އަމާނާތްތެރިއަކަށްވެގެންކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

“މިކަމުގެ ބޮޑުކަން ތިޔަބައިމީހުންނަށް ތަޞައްވުރުކުރެވޭހެއްޔެވެ؟ އުޑުތަކުގެ އުސްކަމާއި، ބިމުގެ ތަނަވަސްކަމާއި، ފަރުބަދަތަކުގެ ބިޔަކަމާއެކު ވެސް އެ ކަމަށް އިންކާރުކޮށް ބިރުވެތިވިއެވެ. ނަމަވެސް ބަލިކަށި އިންސާނާ އެ އަމާނާތް އުފުލުމާ ޙަވާލުވިއެވެ!” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

އަހަރެމެން އަދާކުރާ ވަޒީފާތަކާއި، އެ ވަޒީފާގެ ވަގުތުތަކަކީ ވެސް ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ވަށައިގެންވާ ޤުދުރަތީ ވެށްޓާއި ދިރޭތަކެއްޗަކީ ވެސް، އަންނާންއޮތް ޖީލުތަކަށް ޓަކައި ރައްކާތެރިކުރުމަށް މާތް الله އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ ބޮޑުވެގެންވާ އަމާނާތެއްކަން ހަނދާންކުރަން ޖެހޭ ކަމަށާއި ތިމާވެއްޓަށް ގެއްލުން ނުދީ، އިސްރާފުނުކޮށް ހެޔޮ ގޮތުގައި ބޭނުންކުރުމަކީ ވެސް އަމާނާތްތެރިކަމުގެ ތެރެއިންވާ ކަމެއްކަމުގައި ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru namaadu

މާތް ﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކަށްވެއްޖެ ނަމަ، ތަނަވަސްކަމާއި ފުދުންތެރިކަން ދެއްވާނެ: ޚުޠުބާ

hukuru khuthuba

ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓަންވާނެ: ޚުޠުބާ