ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

–
STO_Ads
Maldivian_Ads
TTH_Ads
Advertisement

ލުބުނާނުގެ ދެކުނުގެ ބައިތު ޔަހޫންއަށް ވަދެގަންނަން މަސައްކަތްކުރި އިސްތިއުމާރީ ސިފައިންގެ ގްރޫޕަކަށް ހިޒްބުﷲއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ބައިތު ޔަހޫންއަކީ ލުބުނާނުގެ ދެކުނުގެ ބިންތު ޖުބައިލް ޑިސްޓްރިކްޓްގެ އުތުރުގައި އޮންނަ އަވަށެކެވެ.

ހިޒްބުﷲއިން މި ހަމަލާ ދީފައިވަނީ ކުރީބައިގައި ގޮވާތަކެތި ހަރުކޮށް، އިސްތިއުމާރީ ސިފައިން ވަދެގަންނަން އުޅުނު ވަގުތު ގޮވާތަކެތި ގޮއްވާލައިގެންނެވެ.

HajjCop_ads
Advertisement

ގޮވާތަކެތި ގޮއްވާލުމާއެކު ހިޒްބުﷲ މުޖާހިދުންވަނީ ފިލާތިބެ ކުއްލި ވަރުގަދަ ހަމަލާތަކެއްވެސް އިސްތިއުމާރީ ސިފައިންނަށް ދީފައެވެ.

މި ހަމަލާގައި އިސްތިއުމާރީ ސިފައިންގެ އެކަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވި ކަމަށް ރިޕޯޓްތައް ބުނަމުން އެބަ ދެއެވެ. އަދި ޒަޚަމްވެފައިވާ ސިފައިން ހެލިކޮޕްޓަރުތަކުގައި ހައިފާއަށް އުފުލަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މި ހަމަލާއާ ގުޅިގެން އިސްތިއުމާރީ ސިފައިން ވަނީ، އެ ސަރަހައްދަށް ބޮޑުބަޑީގެ ހަމަލާތަކެއް ދިނުމުގެއިތުރުން، ވައިގެ ހަމަލާތައްވެސް ދީފައެވެ. ވައިގެ ހަމަލާތައް ދިނުމަކީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކޮށްފައިވާ ކަމެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަތަންޔާހޫގެ މަތިންދާ ބޯޓު ދިޔައީ ފްރާންސްގެ ވައިގެ ސަރަހައްދުން، އެމްނެސްޓީން ބުނަނީ ފްރާންސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި